"އަލިވޮށް" ނަމުގައި ސިޔަރަތު ފޮތެއް ނެރެފި އެވެ.
"އަލިވޮށް" މިއީ ނަބިއްޔާ ގެ ސިޔަރަތުގެ މައްޗަށް ބިނާކޮށް ހުރިހާ އުމުރުފުރަޔަކާ ގުޅޭގޮތަށް އެކުލަވާލެވިގެން ނެރެވިފައިވާ ފޮތެކެވެ. މިފޮތުގައި މާތް ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީއްސުރެ އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށް ދާންދެން އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ހިނގައިދިޔަ އެންމެ އުސްއަލިތައް ގެނެސްދީފައިވެއެވެ.
އެގޮތުން ޢަރަބި ޖަޒީރާއަކީ ކޮބައިކަމާއި އެޒަމާނުގައި އެތަނުގެ ޙާލަތު ހުރިގޮތް ބަޔާންކޮށްފައިވެއެވެ. އަދި ނަބީކަމުގެ ކުރީންނާއި ފަހުން މައްކާގައި އެކަލޭގެފާނު ހޭދަކުރި ދުވަސްތަކުގައި ދިމާވި ޙާދިޘާތަކާއި މުހިންމު ކަންކަން މިފޮތުގައި ބަޔާންކޮށްފައިވެ އެވެ.
އެއަށްފަހު މަދީނަތުލް މުނައްވަރާއަށް ހިޖުރަކުރެއްވުމަށްފަހު ހިނގާދިޔަ މުހިންމު ހާދިޘާތަކުގެ އިތުރުން އެކަލޭގެފާނުގެ ސިފަފުޅުތައްވެސް އެފޮތުގައި ބަޔާންކޮށްފައިވެއެވެ. އަދި ފަސޭހައިން ތަޞައްވަރު ކުރެއްވޭނެގޮތަށް ފަސޭހައިން އިބާރާތްކުރުމާއެކު ބައެއް ޙާލަތްތައް ފޮޓޯއިން ބަޔާންކޮށްދެއްވާފައިވެއެވެ.
އަލިވޮށް ބާޒާރަށް ނިކުތުމާއެކު އެފޮތަށް ވަރަށްބޮޑު ތަރުހީބެއްނީ ލިބިފައިވާކަމަށް ފޮތުގެ އެއްމުއަށްލިފު މުޙައްމަދު ރަފްހާނު ވިދާޅުވެފައިވެއެވެ.
"ވަރަށް ގިނަބޭފުޅުން ފޮތް ބައްލަވައިގެން ފޮތާއި މެދު ހިތްހަމަޖެހޭކަމަށް ވިދާޅުވޭ، ފޮތުގައިވައި މަޢުލޫމާތާއި އަދި އެހެނިހެން ކަންކަން އެބޭފުޅުންނަށް ވަރަށް ކަމުދާކަމަށް އެބޭފުޅުން ވިދާޅުވޭ الحمد لله، މިއީ ހަޤީޤަތުގައިވެސް ވަރަށް ބުރަމަސައްކަތެއް، އަޅުގަނޑުމެންގެ މިފޮތަށް އެކިފަރާއްތައް ވަނީ އެކިގޮތްގޮތުން އެހީތެރިވެދެއްވާފައި، އެހުރިހާ ފަރާތްތަކަށް މާތް ﷲ ހެޔޮ ދަރުމަމިންވަރު ކުރައްވާށި!"
މި ފޮތާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުން ރަފްހާނު ހާކުރެއްވި އެވެ.
" ވަރަށް އަގުހުރި މަސައްކަތްޕުޅެއް، ކޮންމެ ޒުވާނަކުވެސް ކިޔާލަން ވަރަށް ރަނގަޅު ފޮތެއް، މާތް ﷲ ހެޔޮ ޖަޒާ ދެއްވާށި! އާމީން"
ފޮތާއި ބެހޭގޮތުން ޑރ މުޙައްމަދު ޝަޙީމް ވިދާޅުވެފައިވެއެވެ.
Alivoh, font, graphics, design and everything is so 'ma sha Allah'
The content is superb for kids and anyone who wants to start learning the biography of the Best Man to ever walk on the face of the Earth SAW ♥️. One of the best dhivehi seerah book. @seerahmv pic.twitter.com/fJSh5lLXLc— NashaAli (@F_NashaAli) August 7, 2021
މިވަޤުތު މާލެއިން "މެސެޖް އޮފް އިސްލާމް" ފޮތް ފިހާރައިން ފޮތް ލިބެންހުންނާނެކަމަށާއި އޭގެ އިތުރުން އޮންލައިންކޮށް ގޫގުލް ފޯމް ފުރާލައިގެން ފޮތަށް އޯޑަރު ކުރެއްވޭނެކަމަށް އެބޭފުޅުންވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!