މަޖްލިސް މެޖޯރިޓީ ހިފަހައްޓަވާ ގޮތުގެ ކުޑަ މިސާލެއް ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު (ބައްޓޭ) ހިއްސާ ކުރައްވައިފި އެވެ.
ބައްޓޭގެ މި މިސާލު ހިއްސާކޮށްފައިވަނީ މީސް މީޑިޔާގައި، ވެލިދޫ ދާއިރާ މުޙައްމަދު ޢަބްދުﷲ ޝަފީޤް ނ. އަތޮޅު ޅޮހީ އަށް ކުރެއްވި ދަތުރުގެ ފޮޓޯތަކެއް ހިއްސާ ކުރައްވަމުންނެވެ.
އެޕޯސްޓުގައި ބައްޓޭ ވިދާޅުވެފައިވަނީ:
މަޖްލިސް މެޖޯރިޓީ ހިފައްޓަވާގޮތުގެ މިސާލެއް ކޮންސްޓަރަކްޝަން ޕްރޮޖެކްޓަކުން
- އެއް އެމްޕީ ކުންފުންޏައް ޕްރޮޖެކްޓް މަސައްކަތް ދިނުން
- ކުންފުންޏަށް ނުވެގެން މަސައްކަތް މަޑުޖެހުން
- ދާއިރާ އެމްޕީ އެކަމާ ސަލާންޖަހަމުން ހިނގަންޖެހުން
- އެހެން އެމްޕީންނާ އެކު އެމްޑީ ތަފާތު ދައްކާލަން ރަށްރަށަށް ދުރުވުން.
މީގެ އިތުރުން އެޕޯސްޓުގައި ބައްޓޭ ވަނީ ފެންކަ ކޯޕަރޭޝަން އަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
"ތިޔަވަރަށް އިސްރާފުކުރަމުން، ކަރަންޓް ބިލް ކުޑަކުރެވޭނެ ގޮތެއް ނުހޯދި، އަބަދު އެމްޕީ އަދި ކައުންސިލް ސަލާންޖަހަން ނުޖެހޭކަން އަންނަނިވި ހަގީގަތްތަކުން އަހަރެންނަށް ސާފުވެ"
4 ނުކުތާއެއް ހިއްސާ ކުރަމުން ބައްޓޭ ވިދާޅުވެފައިވެއެވެ.
އެގޮތުން ފާހަގަކޮށްފައިވާ އެއް ނުކުތާއަކީ ލާމަރުކަޒީ ގާނޫނު ބުނެދޭގޮތުން އަސާސީ ހިދުމަތްތަކުގެ ބަލަދުވެރި ފަރާތަކީ ކައުންސިލް، 12 މަސްދުވަސް ތެރޭގައި ކައުންސިލްތަކުން ލައިސަންސް ދޫކުރާ ފަރާތަކަށް މެނުވީ ހިދުމަތް ފޯރުކޮށް ނުދެވޭނެކަމަށް ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ އިންޖީނުގެތަށް ދައުލަތުގެ ކުންފުނިތަކަށް ނެގިފައިވަނީ ބަދަލުދޭނެ ކަމަށް އެއްބަސްވުމުގައި ލިޔެ ސޮއި އަޅައިގެންކަމަށާއި އެކަމަކު އެބަދަލެއް އަދި ނުލިބޭކަމަށް ވިދާޅުވެފައިވެއެވެ.
އިއާދަކުރެވޭ ހަކަތަ ތައާރަފްވެ ތެޔޮނުއަންދާ ހަކަތަ އުފައްދާ ވިޔަފާރިތައް މިހާރު ކައުންސިލްތަކުގެ އަދި ރައްޔިތުންގެ އަތްފޯރާ ހިސާބުގަ އެބަހުރިކަމަށާއި މިހާރު ހިންގާ ކަމެއް ހިނގަނީވެސް ޓެކްސް ލާރިޔާ، ރައްޔިތުން ދައްކާ ފީ އަދި ދައުލަތުން ލޯނު ނަގައިގެންކަން ފާހަގަކޮށްފައިވެއެވެ.
"ލާރިން ގަންނަނީ ޖަނަރޭޓަރާ އެ ބަހައްޓާނެ ތަންތަން އަންދަނީ ތެޔޮ ހަލާކުވެ ނެތި ދަނީ ދިވެހިރާއްޖެ. ސަރުކާރުގެ ސިޔާސަތުގަ ލިޔެފައޮތީ އެހެން އެއްޗެއް."
ޕޯސްޓް ނިންމާލަމުން ބައްޓޭ ވިދާޅުވެފައިވެއެވެ.
ބައްޓޭ މިމޭރުމުން ވިދާޅުވެފައިވާއިރު އިއްޔެ ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ވެރިކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއެކުކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ވެރިކަމުގައި ހުންނައިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން ބޭނުން. އެކަން އަޅުގަނޑު ކުރާނެ. އިރާދުކުރެއްވިއްޔާ މިއަދު އަޅުގަނޑު މިހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއެކު."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ ނުލައި ވެރިކަން ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށާއި 2008 ވަނަ އަހަރުން ފެށީގެން ރާއްޖޭގައި އުފެދުނު ކޮންމެ ސަރުކާރަކުން ވެސް މެޖޯރިޓީ ނެތުމުން ކަންތައްތައް ތަހައްމަލް ކުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު މިސާލެއްގެ ގޮތުން ނެންގެވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަޖިލީހުގެ މެޖޯރިޓީ ނެތުމުން ދަތިތަކާއި ކުރިމަތި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!