އެއަރޕޯޓުން 7 މިނެޓުން ދެވޭ "ޑުސިޓް ޑީ2 ފޭދޫ މޯލްޑިވްސް" މި މަހު ހުޅުވަނީ
ތައިލެންޑްގެ މަޝްހޫރު ހޮޓެލް ޗެއިން ޑުސިޓް ހޮޓެލްސް އެންޑް ރިސޯޓްސްއިން އެ ކުންފުނީގެ ފުރަތަމަ އޯލް-އިންކްލޫސިވް ލައިފްސްޓައިލް ރިސޯޓް، ޑުސިޓްޑީ2 ފޭދޫ މޯލްޑިވްސް ހުޅުވުމަށް ތައްޔާރުވަމުން އެބަދެއެވެ. އޭޝިއާގެ އެންމެ ވަރުގަދަ އެއް ހޮޓެލްޗެއިން، ތައިލެންޑްގެ ދުސިތު އިންޓަނޭޝަނަލް އިން ރާއްޖޭގައި ހުޅުވާ ޑުސިޓް ބްރޭންޑްގެ ދެވަނަ ޕްރޮޕަޓީއެވެ. މީގެ 13 އަހަރު ކުރިން ބ. މުއްދޫގައި ހުޅުވި ފަސްތަރީގެ ރިސޯޓަކީ އެ ކުންފުނީގެ ފުރަތަމަ ރިސޯޓެވެ. މިމަހުގެ 27 ގައި ސޮފްޓް އޯޕަނިންގ ބޭއްވުމަށް ހަމަޖެހިފައިވާ މި...