ފަލަސްތީނަށް އިތުރު 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ކެނެޑާއިން ނިންމައިފި
ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހާލުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުންނަށް އިތުރު 100 މިލިއަން ޑޮލަރުގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކެނެޑާ ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާނު ކުރެއްވީ ފްރާންސްގެ ޕެރިހުގައި ބޭއްވި ކޮންފަރެންސެއްގައި ކެނެޑާގެ ފޮރިން މިނިސްޓަރު އަނީތާ އާނަންދުއެވެ. މި އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އދ. ގެ އެޖެންސީތަކާއި، ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް ހަރަކާތްތަކުގެ އިތުރުން، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ޖަމިއްޔާތައް މެދުވެރިކޮށެ...