އެމެރިކާއިން ދެވަނަ ދުވަހަކަށް އީރާނަށް ހަމަލާދީފި، އީރާނު ބުނީ ބަދަލުހިފާނެކަމަށް
މަޝްވަރާތައް ހުއްޓިފައިވާތީ އީރާނުން އޭގެ “އަގު އަދާކުރަންޖެހޭނެ” ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމަށްފަހު، ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް އެމެރިކާއިން އީރާނަށް ދެވަނަ ބުރުގެ ވައިގެ ހަމަލާތަކެއް ދީފިއެވެ. އީރާނުގެ އެކި ސިޓީތަކަށް އަމާޒުކޮށް މި އާ ހަމަލާތައް ދީފައިވަނީ ހަނގުރާމަ ހުއްޓާލުމަށް ކުރާ މަސައްކަތްތައް އަނެއްކާވެސް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ބުނަމުންދަނީ ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރައި ތެލުގެ އަގު އުފުލެން މެދުވެރިވި...