މަޝްވަރާތަކަށް ވެންސް އާއި އީރާނުގެ އިސްވެރިން ސުވިޒަލޭންޑަށް ވަޑައިގެންފި
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ރަސްމީކޮށް މަޝްވަރާތައް ފެށުމަށާއި، އީރާނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލާފައިވާ ވަގުތީ އެއްބަސްވުން އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އާއި އީރާނުގެ އިސް އޮފިޝަލުން އާދީއްތަ ދުވަހު ސުވިޒަލޭންޑަށް ވަޑައިގެންފިއެވެ. މިދިޔަ ހަފުތާގައި ސޮއިކުރި އޮނިގަނޑު އެއްބަސްވުމުގެ ދަށުން، ދުނިޔޭގެ އިގްތިސާދާއި ސަލާމަތަށް ބޮޑެތި އަސަރުތަކެއް ކުރާނެ ފަންނީ ތަފްސީލުތަކާ މެދު އެއްބަސްވުމަކަށް އައުމަށް އެމެރިކާ އާއި އ...