Skip to main content

އައިޝަތު އައިނީ އާމިރު

Contributor
🇲🇻 ތިލަދުން Desk
542 Stories
158 Reads

Published on ތިލަދުން (Thiladhun) by އައިޝަތު އައިނީ އާމިރު

ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ ޢަލީ އިސްތިއުފާދެއްވައިފި
Thiladhunmathi News

ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ ޢަލީ އިސްތިއުފާދެއްވައިފި

ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ ޢަލީ އަޙުމަދު އިއްޔެ މަގާމުން އިސްތިއުފާދެއްވައިފިއެވެ. މިކަން ހާމަކުރައްވަމުން ޢަލީ އާންމުކޮށްފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، އިނގިރޭސި ސަރުކާރުން ދެއްވާ ޝީވްނިންގ ސްކޮލަރޝިޕް ލިބި، އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖް ލަންޑަންގައި. “އެންވަޔަރމަންޓް، ޕޮލިޓިކްސް އެންޑް ޑިވެލޮޕްމަންޓް” އިން މާސްޓާސް ޑިގްރީއަށް ކިޔެވުމަށް ކުޅުދުއްފުށި ސިޓީގެ ކައުންސިލަރު ކަމުންނާއި، ޑެޕިއުޓީ މޭޔަރ ކަމުން އިސްތިއުފާދެއްވުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. މިގޮތުން، ޢަލީގެ ދައުރު ނިމ...

ކުމުންދޫ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފި
Thiladhunmathi News

ކުމުންދޫ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

ހދ. ކުމުންދޫގެ ތިން ދަނޑަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ، ދަނޑުތަކަށް ގެއްލުންދީ ވަރަށް ބޮޑަށް ހަލާކުކޮށްލައިފި އެވެ. ކުމުންދޫ ކައުންސިލުގެ ނައިބް ރައީސް އަލީ އަންވަރު، “ތިލަދުން” އަށް ވިދާޅުވީ، ރަށުގެ ތިން ދަނޑަކަށް ގެއްލުންދީފައިވާ ކަމަށާއި، ގެއްލުންދިން ތިން ދަނޑުން ވެސް އެންމެ ބޮޑަށް ހަލާކުކޮށްލާފައިވަނީ ކަރާ ދަނޑުތަށް ކަމަށެވެ. މިކަން އެނގިފައިވަނީ ފަތިސް ނަމާދަށް ފަހު ދަނޑުވެރިން ދަނޑުތަކަށް ދިއުމުންނެވެ. މިގޮތުން ދަނޑުތަކުގައި ކަރާތައް ފަޅާ ޗިސްކޮށް، މުޅި ދަނޑަށް އުކާލާފައިވާކަމަށް ފާހ...

މިލައުތުރު ފުޓްސަލް: ފޯރިގަދަ ކުޅުމަކަށްފަހު މަރޮށި ބަލިކޮށް ކަނޑިތީމު ފައިނަލަށް
Thiladhunmathi News

މިލައުތުރު ފުޓްސަލް: ފޯރިގަދަ ކުޅުމަކަށްފަހު މަރޮށި ބަލިކޮށް ކަނޑިތީމު ފައިނަލަށް

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “މިލައުތުރު ފުޓްސަލް މުބާރާތް” ގެ ފައިނަލަށް ކަނޑިތީމު ދަތުރުކޮށްފިއެވެ. ކަނޑިތީމު ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުން މަރޮށީ ޓީމާއި ވާދަކޮށް 3-1 ގެ ތަފާތަކުން ކުރިހޯދައިގެންނެވެ. މިގޮތުން ރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ އެންމެ ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ ކަނޑިތީމު ޓީމުގެ ރައުލް ނިޔާޒު އެވެ. އަދި 2-0 ގެ ލީޑެއްގައި އޮވެފައި ދެންވެސް ނަތީޖާ ބަދަލުކޮށްލީ […]

ހދ.އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފި
Thiladhunmathi News

ހދ.އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފި

ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފިއެވެ. މިކަން ހާމަކުރަމުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، މި މަސައްކަތަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުލުހުންގެ ޚިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ. މިގޮތުން މި މަސައްކަތުގެ ދަށުން ހދ. އަތޮޅުގެ އިތުރުން ގއ. އަތޮޅު، ވ. އަތޮޅު، ތ. އަތޮޅު، ފ. އަތޮޅު އަދި ކ. އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ފުލުހުންގެ ޚިދުމަތް ޤާއިމ...

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ޕްރޮގްރާމް ކުޅުދުއްފުށީގައި އިފްތިތާޙުކޮށްފި
Thiladhunmathi News

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ޕްރޮގްރާމް ކުޅުދުއްފުށީގައި އިފްތިތާޙުކޮށްފި

ދިވެހިރާއްޖޭގެ ސަލާމަތީ ކަންކަމާއި ތަރައްޤީ އިތުރަށް ކުރިއެރުވުމަށް “ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ޕްރޮގްރާމް” ރަސްމީކޮށް މިއަދު ކުޅުދުއްފުށި ސިޓީގައި އިފްތިތާޙުކޮށްފިއެވެ. މި ޕްރޮގްރާމަކީ، ރާއްޖޭގެ ސަލާމަތާއި ތަރައްޤީ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ މުޖުތަމަޢުގެ ކަމާބެހޭ ފަރާތްތަކުގެ ގާބިލިއްޔަތު އިތުރުކުރުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިއާގެ ހައިކޮމިޝަނަރު، އެމް.އީ. ޑޭވިޑް ޖެ...

ބާރަށުގެ އިދާރާތަކުގެ މުވައްޒަފުންނަށް ދިވެހި ބަހުގެ ތަމްރީނެއް ހިންގައިފި
Thiladhunmathi News

ބާރަށުގެ އިދާރާތަކުގެ މުވައްޒަފުންނަށް ދިވެހި ބަހުގެ ތަމްރީނެއް ހިންގައިފި

ހއ. ބާރަށު އިދާރާތަކުގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ދިވެހި ބަހުގެ ތަމްރީނު ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ބާރަށު ކައުންސިލާއި ދިވެހި ބަހުގެ އެކެޑެމީ ގުޅިގެން ގެންދިޔަ މި ދެ ދުވަހުގެ ޕްރޮގްރާމަކީ، ބާރަށު ކައުންސިިލު މުވައްޒަފުންނާއި އެ ރަށު މުވައްސަސާތަކުގެ މުވައްޒަފުންނަށް އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ. މިގޮތުން މި ޕްރޮގްރާމުގައި މުވައްޒަފުންނަށް ވަނީ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރުމަށް ދަސްކޮށްދެވިފައެވެ. މީގެ ތެރޭގައި ދިވެހި ބަހުގެ ދަރަޖ...

ވަށަފަރުގައި ވޮލީކޯޓެއް އެޅުން ހިމެނޭހެން އިތުރު ނުވަ ރަށެއްގެ ކުޅިވަރު މަޝްރޫޢުތައް ހަވާލުކޮށްފި
News

ވަށަފަރުގައި ވޮލީކޯޓެއް އެޅުން ހިމެނޭހެން އިތުރު ނުވަ ރަށެއްގެ ކުޅިވަރު މަޝްރޫޢުތައް ހަވާލުކޮށްފި

ހއ. ވަށަފަރުގައި ވޮލީކޯޓެއް ތަރައްޤީކުރުމުުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ. މިގޮތުން މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މުޙައްމަދު ފަޔާޒް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އެވެ. މި ރަސްމިއްޔާތުގައި ކެލާ ދާ...

މަކުނުދޫ އަންހެނުންގެ ކޮމެޓީގެ މަދަހަ މުބާރާތުގެ ފަނޑިޔާރަކަށް މިފަހަރު މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ
Thiladhunmathi News

މަކުނުދޫ އަންހެނުންގެ ކޮމެޓީގެ މަދަހަ މުބާރާތުގެ ފަނޑިޔާރަކަށް މިފަހަރު މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ

ކޮނެމެ އަހަރަކުވެސް ހދ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މަދަހަ މުބާރާތް “ހީރާ” 2025 އިއްޔެ ފަށައިފިއެވެ. މިގޮތުން މަހަލްދީބް ފައުންޑޭޝަނުން ހޯސްޓް ކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި މިފަހަރު ފަނޑިޔާރުކަން ކޮށްދެއްވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ގެ އިތުރުން ނާޢިމް އަލީ އަދި އިއްޒަތު އަހްމަދު ނިޒާރު އެވެ. މިއަހަރުގެ މުބަރާތުގައި ވަކިވަކިން މަދަހަ ހުށައަޅައިދިނުމަށް 17 ބައިވެރިން ބައިވެރިވެފައިވާއިރު، ގްރޫޕް މަދަހަ...

މާރަންދޫ ކުޅި ސަރަޙައްދުގައި ޕްލެޓްފޯމެއް ތަރައްޤީކުރަނީ
Thiladhunmathi News

މާރަންދޫ ކުޅި ސަރަޙައްދުގައި ޕްލެޓްފޯމެއް ތަރައްޤީކުރަނީ

ހއ. މާރަންދޫ ކުޅި ސަރަޙައްދުގައި ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަސައްކަތާއި ގުޅިގެން މާރަންދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތުގައި ރަޖިސްޓްރީ ކުރުމަށްފަހު ބިޑް ހުށަހެޅުއްވުމަށެވެ. މިގޮތުން މި މަސައްކަތުގެ ބިޑް ގައި ރަޖިސްޓްރީކުރުމަށް 23 އޮކްޓޫބަރ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖެހުމުގެ ކުރިން https://forms.office.com/r/aNUvJH4YRX ފޯމު...

މަކުނުދޫ ކައުންސިލުގެ ހުއްދަނެތި ވަނުން މަނާ ސަރަހައްދަކަށް ވަންނަން މަސައްކަތް ކޮށްފި
Thiladhunmathi News

މަކުނުދޫ ކައުންސިލުގެ ހުއްދަނެތި ވަނުން މަނާ ސަރަހައްދަކަށް ވަންނަން މަސައްކަތް ކޮށްފި

ހދ. މަކުނުދޫ ކައުންސިލުގެ ހުއްދަނެތި ވަނުން މަނާ ކޮށްފައިވާ ސަރަހައްދަކަށް ބަޔަކު ވަންނަން މަސައްކަތްކޮށް، އެ ސަރަހައްދުގައި ބަހައްޓާފައިވާ ތަކެތި ގެންދިއުމަށް މަސައްކަތްކޮށްފިއެވެ. އިއްޔެ ހިނގި މި ޚާދިސާ އާއި ގުޅިގެން މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް “ތިލަދުން” އަށް ވިދާޅުވީ، އެ ސަރަހައްދަކީ މަކުނުދޫ ކައުންސިލުގެ ހުއްދަނެތި ވަރަށް ގިނަ ދުވަސް ވަންދެން ބަހައްޓާފައިވާ ތަކެތި ދެނެގަތުމަށް ކައުންސިލުން ބަންދުކޮށްފައިވާ ސަރަހައްދެއް ކަމަށެވެ. މީގެ އިތުރުން މި ސަރަހައްދަކީ، ކައުންސިލަށް ޖ...

ބޯކޮށް ވާރޭވެހި ކުޅުދުއްފުށީގެ 36 ގެއަކަށް ފެންވަދެ ގެއްލުންވެއްޖެ
Thiladhunmathi News

ބޯކޮށް ވާރޭވެހި ކުޅުދުއްފުށީގެ 36 ގެއަކަށް ފެންވަދެ ގެއްލުންވެއްޖެ

މިހާރު ކުރަމުންމިދާ ވިއްސާރައިގައި ކުޅުދުއްފުށި ސިޓީ އަށް މިއަދު ބޯކޮށް ވާރޭ ވެހި، 36 ގެއަކަށް ފެންވަދެ އެކި ވަރުގެ ގެއްލުން ލިބިފައިވާކަމަށް ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ.\ މިކަމާއި ގުޅިގެން މޭޔަރ ޢާޠިފް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަދު ކުރަމުންދާ ވިއްސާރައިގައި މިހާހިސާބަށް 36 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުން ލިބި، އޭގެ ތެރެއިން 1 ގޭގައި މިވަގުތު މީހުންނަށް ދިރިނޫޅެވޭވަރުވެފައިވާކަމަށެވެ. މިގޮތުން ރަށުގައި ފެންގަނޑު ކޮންޓްރޯލްކޮށް ރައްޔިތ...

އުތުރު އައިއެސްޕީއެސް މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް
Thiladhunmathi News

އުތުރު އައިއެސްޕީއެސް މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ހއ. އުލިގަމުގައި ޤާއިމްކޮށްފައިވާ “އުތުރު އައިއެސްޕީ ގޭޓު” ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ސެޝަން އެއް ކުރިއަށް ގެންގޮސްފިިއެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އެ ވުޒާރާގެ އިސްނެގުމާއެކު އައިއެސްޕީ ގޭޓުގައި މަސައްކަތްކުރާ ސެކިއުރިޓީ އޮފިސަރުންނަށާއި އެ ފެސިލިޓީގައި މަސައްކަތް ކުރާ ކަމާގުޅޭ މުވައްޒަފުންނަށެވެ. މިގޮތުން މި ސެޝަންގައި މުވައްޒަފުންނަށް ވަނީ އައިއެސްޕީ ކޯޑާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ޕްރޮގުރާމެއް ކުރި...

ފުނަދޫ އެމްއެންޔޫ ކެމްޕަހާއި ހޮސްޕިޓަލްގެ އައު އިމާރާތާއި ބަނދަރު އަޕްގްރޭޑްކޮށް އިތުރު މަގުތައް ހަދަން ހަވާލުކޮށްފި
Thiladhunmathi News

ފުނަދޫ އެމްއެންޔޫ ކެމްޕަހާއި ހޮސްޕިޓަލްގެ އައު އިމާރާތާއި ބަނދަރު އަޕްގްރޭޑްކޮށް އިތުރު މަގުތައް ހަދަން ހަވާލުކޮށްފި

ށ. ފުނަދޫ ގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް އެޅުމަށާއި، ހޮސްޕިޓަލްގެ އައު އިމާރަތަކާއި، ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި އަދި އެ ރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ފުނަދޫ އަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެ...

ކުޅުދުއްފުށީގައި ފެންބޮޑުވުމާއި ގުޅިގެން ސިޓީ ކައުންސިލުން މުހިންމު އިލްތިމާސެއް
Thiladhunmathi News

ކުޅުދުއްފުށީގައި ފެންބޮޑުވުމާއި ގުޅިގެން ސިޓީ ކައުންސިލުން މުހިންމު އިލްތިމާސެއް

ހދ. ކުޅުދުއްފުށި ސިޓީއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި، ގިނަ ސަރަހައްދުތަކެއް ފެންބޮޑުވެފައިވާތީ ރަށުގެ ނަރުދަމާ ނިޒާމަށް ފެންދާހޮޅި ނުގުޅުމަށް ސިޓީ ކައުންސިލުން އަންގައިފިއެވެ. ސިޓީ ކައުންސިލުން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ރަށަށް ކުރަމުންދާ ވިއްސާރައިގައި ރަށުގެ ގިނަ ސަރަހައްދުތަކެއް ފެންބޮޑުވަމުންދާކަމަށާއި، މި ދަނޑިވަޅުގައި ރަށުގެ ނަރުދަމާ ނިޒާމަށް ބައެއް ގޭބީސީތަކުގެ ފުރާޅުން ފެންދާހޮޅި ގުޅާފައިވާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ދަތިތ...

މިލަންދޫގައި 50 ހައުސިންގ ޔުނިޓް އަޅަން ހަވާލުކޮށްފި
Thiladhunmathi News

މިލަންދޫގައި 50 ހައުސިންގ ޔުނިޓް އަޅަން ހަވާލުކޮށްފި

ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް ތަރައްްޤީކުރުމުގެ މަޝްރޫޢު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިލަންދޫ އަށް ޒިޔާރާތްކޮށް އެ ރަށް ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ. އެގޮތުން މިލަންދޫގައި ހައުސިން ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމ...