Skip to main content

އައިޝަތު އައިނީ އާމިރު

Contributor
🇲🇻 ތިލަދުން Desk
542 Stories
158 Reads

Published on ތިލަދުން (Thiladhun) by އައިޝަތު އައިނީ އާމިރު

ހޯމަ ދުވަހުން ފެށިގެން ކޭއާރުއެޗްގައި ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއް
News

ހޯމަ ދުވަހުން ފެށިގެން ކޭއާރުއެޗްގައި ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގައި ހޯމަ ދުހުން ފެށިގެން (މާދަމާއިން ފެށިގެން) ހިތުގެ ބަލީގެ ޚާއްސަ ޑޮކްޓަރެއް ބަލި މީހުން ބެލުމަށް ހަމަޖެހިއްޖެއެވެ. މިކަން ހާމަކުރަމުން ކޭއާރުއެޗުން ބުނެފައިވަނީ، ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ބިލާލް ޝާހް 27 އޮކްޓޯބަރ 2025 އިން ފެށިގެން އެ ހޮސްޕިޓަލުގައި ފަރުވާދޭނެ ކަމަށެވެ. މިގޮތުން ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެއްދުމަށް ހަވީރު 4 އިން ހެނދުނު 6 އާއި ދެމެދު ކޭއާރުއެޗުގެ ނަންބަރު، 6528864 […]

އިހަވަންދޫ "ހިތްތަކުުގެ ނޫރު" ޕްރޮގްރާމުގައި ވަނަތައް ހާސިލްކުރި ކުދިންނަށް އިނާމު ދީފި
Thiladhunmathi News

އިހަވަންދޫ "ހިތްތަކުުގެ ނޫރު" ޕްރޮގްރާމުގައި ވަނަތައް ހާސިލްކުރި ކުދިންނަށް އިނާމު ދީފި

ހއ. އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އިން ކުޑަކުދިންނަށް ޤުރްއާން ހިތު ދަސްކުރުމުގެ ޕްރޮގްރާމުގެ ދަށުން، 2 ވަނަ ބުރުގައި ވަނަތައް ހާސިލްކުރި ކުދިންގެ އަގު ވަޒަންކުރުމަށް ފައިސާގެ ޗެކް އާއެކު ހަދިޔާ ހަވާލުކޮށްފިއެވެ. ”ހިތްތަކުގެ ނޫރު” ގެ ނަމުގައި މި އަހަރުގެ މާރޗު މަހުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް އަކީ 3 ބުރަކަށް ބަހާލައިގެން ކޮންމެ ބުރެއްގައިވެސް، ކަނޑައެޅިފައިވާ މުއްދަތުގައި އެބުރެއްގައި ދަސްކުރުމަށް ހާއްސަ ކޮށްފައިވާ ފޮތް ހިތުން ކިޔައިދިނުމު...

ދެކުނު އޭޝިއާ މުބާރާތުން ކުޅުދުއްފުށީގެ އަހުނާ ހިމެނޭ ރިލޭ ޓީމު ލޯ މެޑަލް ހޯދައިފި
Thiladhunmathi News

ދެކުނު އޭޝިއާ މުބާރާތުން ކުޅުދުއްފުށީގެ އަހުނާ ހިމެނޭ ރިލޭ ޓީމު ލޯ މެޑަލް ހޯދައިފި

4 ވަނަ ދެކުނު އޭޝިއަން ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕު 2025 ގައި ވާދަކުރި ރާއްޖޭގެ ޤައުމީ އަންހެން ރިލޭ ޓީމު ލޯ މެޑަލް ހޯދައިފިއެވެ. އިންޑިއާގެ ރަންޗީގެ ބިރްސާ މުންޑާ އެތުލެޓިކްސް ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭ ޓީމު ލޯ މެޑަލް ހާސިލްކޮށްފައިވަނީ 4 ގުނަ 100 މީޓަރު ރިލޭ އިން، ނޭޕާލް، ބަންގްލަދޭޝް، އިންޑިއާ އަދި ލަންކާ އާއި ވާދަކޮށްގެންނެވެ. މި ރިލޭގައި 44.70 ސިކުންތުން ރޭސް ނިންމައި، ރަން މެޑަލް ހާސިލްކޮށްފައިވަނީ […]

އަންނަ އަހަރުގެ ފުރަތަމަ ކުއަޓާގައި ކުޅުދުއްފުށީ ފެނުގެ ޚިދުމަތް، އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކޮށް ނިންމުމަކީ އަމާޒެއް: މަތީން
Thiladhunmathi News

އަންނަ އަހަރުގެ ފުރަތަމަ ކުއަޓާގައި ކުޅުދުއްފުށީ ފެނުގެ ޚިދުމަތް، އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކޮށް ނިންމުމަކީ އަމާޒެއް: މަތީން

  ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް އިއާދަކުރަނިވި ހަކަތައަށް އެއްކޮށް ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ނިންމާލުމަކީ އަމާޒެއްކަމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ މަސައްކަތަކީ މުޅި ކުޅުދުުއްފުށި ސިޓީއަށް ބޭނުންވާ ފެން އުފެއްދޭނެހެން، ޒީރޯ ކާބަން ޑީސެލިނޭޝަން ޕްލާންޓެއް ޤާއިމުކުރުމަށް މިއަހަރުގެ ޖޫން މަހު ޖަޕާނުގެ ކެނެޑޭވިއާއާ ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މަސައްކަތާއި ގުޅޭގޮ...

އިހަވަންދޫ މަސްވެރިން އައިސް އުފުލުމަށް ކައުންސިލުން ގެނެސްދިން އުޅަނދާއެކު ބޮޑު ފަސޭހައެއް
Thiladhunmathi News

އިހަވަންދޫ މަސްވެރިން އައިސް އުފުލުމަށް ކައުންސިލުން ގެނެސްދިން އުޅަނދާއެކު ބޮޑު ފަސޭހައެއް

ހއ. އިހަވަންދޫ އައިސްޕްލާންޓުން މަސްވެރިންނަށް އައިސް އުފުލުމަށްޓަކައި އިހަވަންދޫ ކައުންސިލުގެ ފަރާތުން ފޯރުކޮށްދިން އައިސް އުފުލާ ޕިކަޕް ބޭނުން ކުރަން ފަށައިފިއެވެ. މި ޕިކަޕް މަސްވެރިންނަށް ފޯރުކޮށްދިނުމަށް މިދިޔަ ސެޕްޓެމަބަރ މަހު ވަނީ އިހަވަންދޫ ކައުންސިލާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އިހަވަންދޫ މަސްވެރިންނަށް ކައުންސިލުން މިވެދިން އެހީއާއި ގުޅިގެން ކައުންސިލުގެ ރައީސް ޞަބާހު “ތިލަދުން” އަށް ވިދާޅުވީ މި މަސައްކަތުގެ މަޤ...

އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

އިހަވަންދޫ ކައުންސިލްގެ “ރަސްތަރި ޤުރްއާން މުބާރާތް 2025” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ހއ. އަތޮޅުގެ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ މަޤުސަދަކީ، ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނުވެރިކަން އުފައްދައި، ޤުރްއާން ކިޔެވުމުގެ މައިދާނުގައި ވާދަވެރިކަން އުފެއްދުމަށެވެ. “ރަސްތަރި” ގެ ނަމުގައި އިހަވަންދޫ ކައުންސިލުން ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލަމ...

ތަކަންދޫގައި ދަނޑުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
Thiladhunmathi News

ތަކަންދޫގައި ދަނޑުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ، ހއ. ތަކަންދޫ އެކުވެރިންގެ ރޫޙާއި ބައްދަލުކުރައްވައި، އެ ރަށުގައި ދަނޑުވެރިކަން ކުރިއެރުވުމަށް އެ ޖަމިއްޔާއިން ކުރާ މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ. މި ބައްދަލުވުމާއި ގުޅިގެން ވަޒީރު މީސްމީޑިއާގައި އާއްމުކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ތަކަންދޫ އެކުވެރިންގެ ރޫޙު ޖަމިއްޔާގެ ޒުވާނުން އެ ރަށުގައި ދަނޑުވެރިކަން ތަރައްޤީކުރުމަށް ރާވައިފައިވާ މަސައްކަތްތަކުގެ ތަފްސީލު ވަޒީރާ ހިއްސާކޮށް...

ފޯކައިދޫ ކައުންސިލުން ރަށު ސްކޫލް ހޯލު އޭސީކޮށްދީ އެކޯ މައްސަލަ ހައްލު ކޮށްދީފި
Thiladhunmathi News

ފޯކައިދޫ ކައުންސިލުން ރަށު ސްކޫލް ހޯލު އޭސީކޮށްދީ އެކޯ މައްސަލަ ހައްލު ކޮށްދީފި

ށ. ފޯކައިދޫ ކައުންސިލުން އެރަށު ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ހޯލު އޭސީކޮށް، ހޯލުގެ އެކޯ މައްސަލަ ހައްލުކޮށްދީފިއެވެ. އަމާޒް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްގެން ފޯކައިދޫ ކައުންސިލުން މި މަސައްކަތް ކޮށްދީފައިވަނީ ސްކޫލްގެ ހޯލު ހޫނުގަދަވެ އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށާއި، ހޯލުގެ އެކޯ މައްސަލަ އާއި ގުޅިގެން އިވެންޓްތައް ކުރިއަށް ގެންދިއުމަށް ދަތިވުމުގެ ސަބަބުންނެވެ. މި މަޝްރޫޢުގެ މަސައްކަތާއި ގުޅިގެން ފޯކައިދޫ ކައުންސިލުގެ ރައީސް އަހްމަދު އާސިފް...

ދުންފަތް ކޮންޓްރޯލް ކުރުމާއި ގުޅޭ ގަވާއިދަށް އިހަވަންދޫ ވިޔަފާރަވެރިން އަހުލުވެރިކުރުމަށް ޕްރޮގްރާމެއް
Thiladhunmathi News

ދުންފަތް ކޮންޓްރޯލް ކުރުމާއި ގުޅޭ ގަވާއިދަށް އިހަވަންދޫ ވިޔަފާރަވެރިން އަހުލުވެރިކުރުމަށް ޕްރޮގްރާމެއް

ހއ. އިހަވަންދޫ ވިޔަފާރަވެރިންނަށް ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މިގޮތުން މި އޮކްޓޯބަރު މަހުގެ 15 އިން 22 އަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި އިހަވަންދޫ އާމިނާދިޔޯ ސިއްހީ މަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓާ ގުޅިގެންނެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، މި ޕްރޮގްރާމްގެ ތެރެއިން، އިހަވަންދޫގައި ވިޔަފާރިކުރާ 30 ތަނަކަށް ޒިޔާރަތްކޮށްފައިވާކަމަށެވެ. މި...

ނަރުދޫ އިޖްތިމާޢީ ސަރަޙައްދުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ހަވާލުކޮށްފި
Thiladhunmathi News

ނަރުދޫ އިޖްތިމާޢީ ސަރަޙައްދުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ހަވާލުކޮށްފި

ށ. ނަރުދޫ އިޖްތިމާޢީ ސަރަހައްދުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް އަމިއްލަ ފަރާތަކާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ނަރުދޫ ކައުންސިލުން ހަވާލުކޮށްފައިވަނީ އެލިސްޓަރ އިންވެސްޓްމަންޓް އާއެވެ. 18 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ނަރުދޫ ކައުންސިލުން އެލިސްޓަރ އިންވެސްޓްމަންޓް އާއި ހަވާލުކުރި މި މަސައްކަތުގެ މަގުސަދަކީ، ނަރުދޫ ރައްޔިތުން އާންމުކޮށް އެއްވެ އުޅޭ، އިޖްތިމާޢީ ސަރަހައްދުތައް އަލިކުރުމެވެ. އެގޮތުން މި މަސައްކަތުގެ ޖުމްލަ އަގަކީ 137،905 (އެއްލައްކަ ތިރީސް ހަތްހާސް ނުވަސަތޭކަ...

މިލައުތުރު ފުޓްސަލް މުބާރާތުގެ ޝަރަފުވެރި "ށ. ކިންގް" އަކަށް ޝަނީ
Thiladhunmathi News

މިލައުތުރު ފުޓްސަލް މުބާރާތުގެ ޝަރަފުވެރި "ށ. ކިންގް" އަކަށް ޝަނީ

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކުގެ ޓީމުތަކުގައި ބޭއްވި “މިލައުތުރު ފުޓްސަލް މުބާރާތް” ގެ “ކިންގް އޮފް ދަ ޓޯނަމެންޓް” މިލަންދޫ ޓީމުގެ ކުޅުންތެރިޔާ އަޙުމަދު ޝަނީ އަށް ލިބިއްޖެއެވެ. ރޭ ކަނޑިތީމުގައި މި މުބާރާތުގެ ފައިނަލް މެޗު ކުޅިފައިވާއިރު، މިލަންދޫ ޓީމާއި ކަނޑިތީމު ޓީމު ވާދަކޮށް، 6-2 ގެ ނަތީޖާއަކުން ކަނޑިތީމު ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ކުލަގަދަ ރަސްމިއްޔާތަކާއެކު މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު މި މުބާރާތުގައި ވަނަ ވަނަ […]

މިލައުތުރު ފުޓްސަލް: މިލަންދޫ ބަލިކޮށް ކަނޑިތީމުން ތަށި އުފުލާލައިފި
Thiladhunmathi News

މިލައުތުރު ފުޓްސަލް: މިލަންދޫ ބަލިކޮށް ކަނޑިތީމުން ތަށި އުފުލާލައިފި

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބޭއްވި “މިލައުތުރު ފުޓްސަލް މުބާރާތް” ގެ ފައިނަލް މެޗުގައި، މިލަންދޫ ބަލިކޮށް ކަނޑިތީމުން ތަށި އުފުލާލައިފިއެވެ. ރޭ ކަނޑިތީމުގައި ކުރިއަށް ގެންދިޔަ ފައިނަލް މެޗުގައި، ކަނޑިތީމުން ތަށި އުފުލާލާފައިވަނީ 6-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މިގޮތުން ރޭގެ ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން މިލަންދޫ ލީޑުގައި އޮވެއެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ މިލަންދޫ ޓީމުގެ ކުޅުންތެރިޔާ ޖަރޒީ […]

ޢަލީ އަކީ ތެދުވެރި އިހްލާސްތެރި ފަޚްރުވެރި ކުޅުދުއްފުށީ ދަރިއެއް: މޭޔަރ ޢާޠިފް
Thiladhunmathi News

ޢަލީ އަކީ ތެދުވެރި އިހްލާސްތެރި ފަޚްރުވެރި ކުޅުދުއްފުށީ ދަރިއެއް: މޭޔަރ ޢާޠިފް

އިނގިރޭސި ސަރުކާރުން ދެއްވި ޝީވްނިންގ ސްކޮލަޝިޕްގެ ދަށުން އިތުރަށް ތައުލީމު ޙާސިލް ކުރުމަށް ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމުން ޢަލީ އަޙުމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން، ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް، ޢަލީއަށް ތަޢުރީފު ކުރައްވައި، އޭނާއަކީ “ތެދުވެރި އިހްލާސްތެރި ފަޚްރުވެރި ކުޅުދުއްފުށީ ދަރިއެއް” ކަމަށް ވިދާޅުވެއްޖެއެވެ. މޭޔަރ ޢާޠިފް މިފަދައިން ވިދާޅުވީ، ޢަލީގެ އިސްތިއުފާއަށްފަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން މޭޔަރ ގެ ޕޯސްޓުގައި، ކުޅުދުއްފުށި ސިޓީ ކައ...

ކުޅުދުއްފުށީގައި ތަރައްޤީކުރާ މެންޓަލް ހެލްތު ސެންޓަރަށް އޮސްޓްރެލިއާގެ ހައިކޮމިޝަނަރުގެ ޒިޔާރާތެއް
Thiladhunmathi News

ކުޅުދުއްފުށީގައި ތަރައްޤީކުރާ މެންޓަލް ހެލްތު ސެންޓަރަށް އޮސްޓްރެލިއާގެ ހައިކޮމިޝަނަރުގެ ޒިޔާރާތެއް

އޮސްޓްރޭލިއާގެ ހައިކޮމިޝަނަރު، އެޗް.އީ. ޑޭވިޑް ޖެސަޕް، ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށްޓަކައި ތަރައްޤީކުރަމުންދާ މެންޓަލް ހެލްތް ސެންޓަރަށާއި، ސިޓީގެ ތަފާތު ތަންތަނަށް ޒިޔާރަތްކުރައްވައިފިއެވެ. ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ގޮތުން ހައިކޮމިޝަނަރ ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި، ކުުޅުދުއްފުށީގައި ތަރައްޤީކުރާ މެންޓަލް ހެލްތް ސެންޓަރަށް ޒިޔާރާތްކޮށް، ނަފްސާނީ ސިއްހަތުގެ މަސައްކަތްތަކާއި، ކޮމިއުނިޓީގެ...

މާވަށުގެ ގިނަ މަޝްރޫޢުތަކަކާއި ލ.ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭ ޤާއިމްކުރުމުގެ މަޝްރޫޢު އެމްޓީޓީސީން ފަށައިފި
Business

މާވަށުގެ ގިނަ މަޝްރޫޢުތަކަކާއި ލ.ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭ ޤާއިމްކުރުމުގެ މަޝްރޫޢު އެމްޓީޓީސީން ފަށައިފި

ލ. މާވަށު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އާއި އިތުރު މަޝްރޫޢުތައް ހިމެނޭހެން ލ. ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭ ޤާއިމްކުރުމުގެ މަޝްރޫޢު ހިމެނޭހެން ގިނަ މަޝްރޫޢުތަކެއް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ޙަވާލުކޮށްފިއެވެ. މި މަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ލ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މާވަށަށާއި، ހިތަދޫ ކުނަހަންދޫ އަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ދެ ރަސްމިއްޔާތުގެ ތެރ...