ހދ. މަކުނުދޫ ކައުންސިލުގެ ހުއްދަނެތި ވަނުން މަނާ ކޮށްފައިވާ ސަރަހައްދަކަށް ބަޔަކު ވަންނަން މަސައްކަތްކޮށް، އެ ސަރަހައްދުގައި ބަހައްޓާފައިވާ ތަކެތި ގެންދިއުމަށް މަސައްކަތްކޮށްފިއެވެ.
އިއްޔެ ހިނގި މި ޚާދިސާ އާއި ގުޅިގެން މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް "ތިލަދުން" އަށް ވިދާޅުވީ، އެ ސަރަހައްދަކީ މަކުނުދޫ ކައުންސިލުގެ ހުއްދަނެތި ވަރަށް ގިނަ ދުވަސް ވަންދެން ބަހައްޓާފައިވާ ތަކެތި ދެނެގަތުމަށް ކައުންސިލުން ބަންދުކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
މީގެ އިތުރުން މި ސަރަހައްދަކީ، ކައުންސިލަށް ޖޫރިނަމާ ނުދެއްކުމުގެ ސަބަބުން ބަންދު ކޮށްފައިވާ ސަރަހައްދެއް ކަމަށްވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.
މިގޮތުން މި މައްސަލަ އަކީ ދިވެހި ފުލުހުންގެ ޚިދުމަތައް ރިޕޯޓު ކޮށްގެން ބަލަމުންދާ މައްސަލައެއް ކަމުން މި ސަރަހައްދަށް ވަންނަން އުޅުނީ ކޮން ބައެއްކަމެއް ރައީސް އަދި ހާމައެއް ނުކުރައްވައެވެ.
މި މައްސަލައާއި ގުޅޭގޮތުން ރައީސް އިތުރަށް ވިދާޅުވެފައިވަނީ މި މައްސަލައިގައި ޝާމިލްވި ފަރާތްތަކާ މެދު މަކުނުދޫ ކައުންސިލުގައި ވެސް މަޝްވަރާކޮށް ތަހުގީގު ކުރަމުންދާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!