ހއ. މާރަންދޫ ކުޅި ސަރަޙައްދުގައި ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
މި މަސައްކަތާއި ގުޅިގެން މާރަންދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތުގައި ރަޖިސްޓްރީ ކުރުމަށްފަހު ބިޑް ހުށަހެޅުއްވުމަށެވެ. މިގޮތުން މި މަސައްކަތުގެ ބިޑް ގައި ރަޖިސްޓްރީކުރުމަށް 23 އޮކްޓޫބަރ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖެހުމުގެ ކުރިން https://forms.office.com/r/aNUvJH4YRX ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެ ކައުންސިލުން އެދިފައިވެއެވެ.
މާރަންދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި މަސައްކަތުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށް މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށައަޅާ ފޯމް އީމެއިލްގެ ޒަރީއާއިން ފޯރުކޮށްދެވޭނެކެމަށެވެ. އަދި މި މަސައްކަތައް ބިޑް ހުށަހެޅުން އޮންނާނީ 26 އޮކްޓޫބަރ 2025 ވާ އާދީއްތަ ދުވަހު ހެނދުނު 11:30 ގައި މާރަންދޫ ކައުންސިލް އިދާރާގައިކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މި މަސައްކަތައް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށް އެކަނިކަމަށާއި، މި މަސައްކަތައް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ކަމަށާއި، އަދި ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށައަޅަން ހާޒިރުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެކަމަށް އެ އިއުލާނުގައި އާއްމުންގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.
މީގެ އިތުރުން މާރަންދޫ ކައުންސިލުން ބުނެފައިވަނީ ބިޑް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުވުމަށެވެ.
މިގޮތުން އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން ކައުންސިލް އިދާރާއަށް ހުށަހަޅަން ޖެހޭނެ ކަމަށާއި، އަންދާސީ ހިސާބުގައި ބައިވެރި ވެވޭނީ "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން" އަދި " އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫން" ގެ ދަށުން މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށްކަމަށެވެ.
މި މަޝްރޫޢު އާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 6500029 / 7390029 އަށް ގުޅުމަށް މާރަންދޫ ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!