ހދ. ކުޅުދުއްފުށި ސިޓީއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި، ގިނަ ސަރަހައްދުތަކެއް ފެންބޮޑުވެފައިވާތީ ރަށުގެ ނަރުދަމާ ނިޒާމަށް ފެންދާހޮޅި ނުގުޅުމަށް ސިޓީ ކައުންސިލުން އަންގައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ރަށަށް ކުރަމުންދާ ވިއްސާރައިގައި ރަށުގެ ގިނަ ސަރަހައްދުތަކެއް ފެންބޮޑުވަމުންދާކަމަށާއި، މި ދަނޑިވަޅުގައި ރަށުގެ ނަރުދަމާ ނިޒާމަށް ބައެއް ގޭބީސީތަކުގެ ފުރާޅުން ފެންދާހޮޅި ގުޅާފައިވާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.

Ad
rt

މިކަމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެދާނެތިން މިފަދަ އަމަލުތައް ނުކުރުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ވަނީ، މި ވިއްސާރައިގައި ރަށުގެ އެކި ސަރަހައްދުތައް ފެންބޮޑުވެފައިވަމުންދާތީ ކައުންސިލުގެ ފަރާތުން ވަގުތީ ހޮޓްލައިންއެއް ޤާއިމްކޮށްފައެވެ. މިގޮތުން ފެންބޮޑުވެ އެހީތެރިކަމެއް ބޭނުންވެއްކެނަމަ ކައުންސިލްގެ ވަގުތީ ހޮޓްލައިން، 6527211 އަށް ގުޅުމަށް ސިޓީ ކައުންސިލުން އެދިފައިވެއެވެ.