Skip to main content

އައިޝަތު އައިނީ އާމިރު

Contributor
🇲🇻 ތިލަދުން Desk
542 Stories
160 Reads

Published on ތިލަދުން (Thiladhun) by އައިޝަތު އައިނީ އާމިރު

ނަރުދޫގައި ގްރީން ހައުސް ފަންނީ ތަމްރީންތަކެއް
Thiladhunmathi News

ނަރުދޫގައި ގްރީން ހައުސް ފަންނީ ތަމްރީންތަކެއް

މޯލްޑިވްސް އެގްރިބިޒްނެސް ޕްރޮގްރާމް (މެފް) އިން ށ. ނަރުދޫގައި ގްރީން ހައުސް ފަންނީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފިއެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މެޕް އިން ހިންގާ މި ތަމްރީނު ޕްރޮގްރާމުތަކަކީ ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ސިލްސިލާ ތަމްރީނުތަކެކެވެ. ނަރުދޫގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކުގައި މިރުސް އިންދުމުގެ އަމަލީ މަސައްކަތާއި ތިއަރީ (ނަޒަރިއްޔާތު) ގެ ކްލާސްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ރާއްޖޭގެ ދަނ...

ފަސްޓް ލޭޑީ ސާޖިދާ، ކޭއާރުއެޗުގެ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައިފި
Thiladhunmathi News

ފަސްޓް ލޭޑީ ސާޖިދާ، ކޭއާރުއެޗުގެ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފިއެވެ. މެޑަމް ސާޖިދާ ވަނީ މިއަދު ހަވީރު ކުޅުދުއްފުށީ ޕޯޓުގައި ބޭއްވި ކޭއާރުއެޗުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމުގެ ގޮތުން މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީ އަށް ވަޑައިގެންފައެވެ. އަދި އެކަމަނާއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކޭއާރުއެޗުގެ ސީއީއޯ ނާޒިމާ އަލީ އާއި ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ އަލީ އަޙުމަދ...

ކުޅުދުއްފުށީ އެއާޕޯޓުގެ އެސިސްޓެންޓް މެނޭޖަރު އަހަދު ހައްޔަރުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ އެއާޕޯޓުގެ އެސިސްޓެންޓް މެނޭޖަރު އަހަދު ހައްޔަރުކޮށްފި

ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށީ ސިޓީ އެއާޕޯޓުގެ އެސިސްޓެންޓް މެނޭޖަރުގެ މަޤާމުގައި ހުންނެވި މާލެ އަށް ނިސްބަތްވާ އަބްދުލް އަހަދު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު އަހަދު ހައްޔަރުކުރީ ކަރެކްޝަނާއި ހަވާލުކުރުމަށް ކަމަށެވެ.  މީގެ އަހަރުތަކެއްގެ ކުރިން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވި މައްސަލައެއްގައި އަހަދުގެ މައްޗަށް ދައުވާ އުފުލާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި އ...

ށ.ގޮއިދޫ ކައުންސިލުން ތަރައްގީކޮށްދިން "ދަރިވަރުންގެ ހިޔާ" ހުޅުވައިފި
Thiladhunmathi News

ށ.ގޮއިދޫ ކައުންސިލުން ތަރައްގީކޮށްދިން "ދަރިވަރުންގެ ހިޔާ" ހުޅުވައިފި

ށ. ގޮއިދޫ ކައުންސިލުން ގޮއިދޫ ސްކޫލުގައި ތަރައްޤީކޮށްދީފައިވާ “ދަރިވަރުންގެ ހިޔާ” ރަސްމީކޮށް ހުޅުވައިފިއެވެ. އެގޮތުން ގޮއިދޫ ސްކޫލުގައި ތަރައްޤީ ކުރި މި ދަރިވަރުންގެ ހިޔާ ރަސްމީކޮށް ހުޅުވުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި މިތަން ހުޅުއްވައިދެއްވީ ށ. އަތޮޅުގެ ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމެވެ. މި ރަސްމިޔާތުގައި އިމާރާތް ގޮއިދޫ ސްކޫލާއި ހަވާލުކުރިކަމުގެ ލިއުންވެސް ވަނީ ހަވާލުކޮށްފައެވެ. ގޮއިދޫ ކައުންސިލުގެ ރައީސް އިބްރާހީމް ޝާހިދު ‘ތިލަދުން’ އަށް ވިދާޅުވެފައިވަނީ މ...

ތިލަދެކުނު ޤުރުއާން މުބާރާތް މި އަހަރު މަކުނުދޫގައި
Thiladhunmathi News

ތިލަދެކުނު ޤުރުއާން މުބާރާތް މި އަހަރު މަކުނުދޫގައި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ތިލަދެކުނު ޤުރުއާން މުބާރާތް 2025” ހދ. މަކުނުދޫގައި ބާއްވަން ހަމަޖެހިއްޖެއެވެ. މި މުބާރާތް ބާއްވާ ރަށަކަށް މަކުނުދޫ ހަމަޖެހުނީ މުބާރާތް ހޯސްޓްކުރުމަށް އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގައި މަކުނުދޫ ކައުންސިލުން ހުށަހެޅި ބީލަން ކާމިޔާބުކޮށްގެންނެވެ. މި މުބާރާތް އިންތިޒާމްކުރުމަށް ހދ އަތޮޅު ކައުންސިލް އިދާރާއިން އެ އަތޮޅުގެ ކްލަބް ޖަމިއްޔާތަކަށާއި ރަށު ކައުންސިލްތަކަށް ހުޅުވާލާފައިވަނީ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ.  މަކުނުދޫގައި މި މުބާރާތް...

މަސްތުވާތަކެއްޗާއެކު ދިއްދޫއިން މީހަކު ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެއްޗާއެކު ދިއްދޫއިން މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުޚުންގެ ހިދުމަތުން ހއ. ދިއްދޫގައި މަސްތުވާ ތަކެއްޗާއި ދެކޮޅަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާގޮތުގައި 3 ޖުލައި 2025 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލިލީމާގެ/ ހއ. ދިއްދޫ، އިރުފާޙު ޝަފީޢު (25އ) އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ-ނާކޮޓިކްސް އިންޓެލިޖެންސް، އަޕަރ ނޯތް ޑްރަގް އޮޕަރޭޝަން އަދި ހއ. ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި މި ހާއްސަ އޮޕަރ...

ކުޅުދުއްފުށީ މަށި ކުޅީގައި ތަރައްޤީކުރާ ވިއުވިންގ ޕްލެޓްފޯމްގެ ބޮޑުބައި ނިމިއްޖެ
Thiladhunmathi News

ކުޅުދުއްފުށީ މަށި ކުޅީގައި ތަރައްޤީކުރާ ވިއުވިންގ ޕްލެޓްފޯމްގެ ބޮޑުބައި ނިމިއްޖެ

ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އާއި ގުޅިގެން ސިޓީގެ މަށި ކުޅީގައި ތަރައްޤީކުރާ ވިއުވިންގ ޕްލެޓްފޯމުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ސިޓީ ކައުންސިލުގެ މެންބަރު އަޙުމަދު އަބްދުالله (ރޯޒޭ) ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ މަސައްކަތުގެ ތަރައްޤީއާއި ބެހޭގޮތުން ‘ތިލަދުން’ އަށް މައުލޫމާތުދީ ރޯޒޭ ވިދާޅުވެފައިވަނީ، މިވަގުތު އެ ސައިޓުގައި ކުރިއަސް ދަނީ ޕްލެޓްފޯމް ހިޔާކުރުމާއި ރެއިލިންގ ޖެހުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ ތެރެއިން ޔޫ.އެން.ޑީ.ޕީގެ...

ފޯކައިދޫ ޓޫރިޒަމް ޒޯން ލޭންޑްސްކޭޕްކޮށް، ނޭޗަރ ޕާކާއި އުސްފަސްގަނޑު ކޮންސެޕްޓް ޑިޒައިންކުރަން ހަވާލުކޮށްފި
Thiladhunmathi News

ފޯކައިދޫ ޓޫރިޒަމް ޒޯން ލޭންޑްސްކޭޕްކޮށް، ނޭޗަރ ޕާކާއި އުސްފަސްގަނޑު ކޮންސެޕްޓް ޑިޒައިންކުރަން ހަވާލުކޮށްފި

ށ. ފޯކައިދޫ ކައުންސިލުން ޓޫރިޒަމް ޒޯން ލޭންޑްސްކޭޕް ކުރުމާއި، ނޭޗަރ ޕާކް ކޮންސެޕްޓް ޑިޒައިނިންގ އަދި އެ ރަށު އުސްފަސްގަނޑު ކޮންސެޕްޓް ޑިޒައިން ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ސެރެޓް ސްޓޫޑިއޯއާއި ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގެ ދަށުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ސެރެޓް ސްޓޫޑިއޯއާއި ހަވާލުކުރެވުނީ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ފޯކައިދޫ ކައުންސިލުގެ ރައީސް އަޙުމަދު އާސިފް ‘ތިލަދުން’ އަށް މައުލޫމާތުދީ ވިދާޅުވެފައިވަނީ މި އެއްބަސްވުންތަކުގެ ދަށުން...

88 ކުޅުންތެރިންނާއެކު ކުޅުދުއްފުށީ ބެޑްމިންޓަން މުބާރާތް މާދަމާ ފަށަނީ
Thiladhunmathi News

88 ކުޅުންތެރިންނާއެކު ކުޅުދުއްފުށީ ބެޑްމިންޓަން މުބާރާތް މާދަމާ ފަށަނީ

ހދ. ކުޅުދުއްފުށީ ސިޓީގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ “ކުޅުދުއްފުށި ބެޑްމިންޓަން މުބާރާތް 2025” ގެ ގުރުވަތު ނެގުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި މުބާރާތަކީ، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ގުޅިގެން ކުޅުދުއްފުށީގައި ތަރައްޤީކޮށްފައިވާ ބެޑްމިންޓަން އެރީނާގައި ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން މިއަދު ބޭއްވި ގުރުވަތު ނެގުމުގެ ރަސްމިއްޔާތުގައި ވަނީ މުޅި ޖުމްލަ 5 ކެޓަގަރީއަކަށް މި މުބާރާތުގައި ކުޅެވޭގޮތަށް ގުރުވަތު ނަގާފައ...

އިހަވަންދޫގައި ބޭއްވި ދަނޑުވެރިކަމުގެ ތަމްރީން ކާމިޔާބު ކަމާއެކު ނިންމާލައިފި
Thiladhunmathi News

އިހަވަންދޫގައި ބޭއްވި ދަނޑުވެރިކަމުގެ ތަމްރީން ކާމިޔާބު ކަމާއެކު ނިންމާލައިފި

ހއ. އިހަވަންދޫގައި ދަނޑުވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމުގެ ޖެންޑަރ އެކްޝަން ލާރނިން ސިސްޓަމް (ގާރަލސް) ތަމްރީނު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ޖޫން މަހު 15 އިން 20 އަށް 26 ބައިވެރިންނާއެކު އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީންނާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމުގެ ތެރޭގައި ބައިވެރިންނަށް...

ށ.އަތޮޅު ދަރުސް ޕްރޮގްރާމަށް ބޮޑު ތަރުހީބެއް
Thiladhunmathi News

ށ.އަތޮޅު ދަރުސް ޕްރޮގްރާމަށް ބޮޑު ތަރުހީބެއް

ށ.އަތޮޅު ކައުންސިލާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާއި ގުޅިގެން ކުރިއަށް ގެންދިޔަ “ށ.އަތޮޅު ދަރުސް ޕްރޮގްރާމް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިދިޔަ ޖޫން މަހުގެ 24 އިން 29 އަށް ށ.އަތޮޅުގެ ރަށްތަކުގެ ކުރިއަށް ގެންދެވުނު މި ދަރުސް ޕްރޮގްރާމުގައި ދަރުސް ދެއްވީ އައްޝައިޚް ޢާޒިމް ޚާލިދު އެވެ. ށ.އަތޮޅު ކައުންސިލުން ވަނީ ޝެއިޚް ޢާޒިމް ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވައި ޝަކުރު ދެންނެވުމުގެ ގޮތުން ހަނދާނީ ފިލައެއް އަރުވާފައެވެ. ށ.އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިިޔާމް ‘ތިލަދުން’ [...

ނަރުދޫ ބަނދަރު ހިޔާ ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ނަރުދޫ ބަނދަރު ހިޔާ ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ނަރުދޫގައި ޤާއިމްކޮށްފައިވާ ބަނދަރު ހިޔާ އަމިއްލަ ތަކެތީގައި ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ނަރުދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ. ނަރުދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ނަރުދޫ ބަނދަރު ހިޔާ ތަރައްޤީ ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުގެ ފުރުޞަތު ހުޅުވާލައި މި މަޝްރޫޢުއަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށްކަމަށެވެ. އެގޮ...

ދިއްދޫގައި ފުޓްސަލް ދަނޑެއް އަޅަން ހަވާލުކޮށްފި
Thiladhunmathi News

ދިއްދޫގައި ފުޓްސަލް ދަނޑެއް އަޅަން ހަވާލުކޮށްފި

ހއ. ދިއްދޫގައި ޤާއިމްކުރާ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. އެގޮތުން މި މަޝްރޫޢު ހިންގުމަށްޓަކައި ދިއްދޫ ކައުންސިލާއި މަސައްކަތް ހަވާލުކުރެވުނު ކުންފުނި ކަމަށްވާ ޓެކް ކުންފުންޏާއި ދެމެދު ވަނީ މި ހަފްތާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ދިއްދޫގައި ފުޓްސަލް ދަނޑު އެޅުމަށް ހަމަޖެހިފައިވަނީ އެ ރަށު ބިން ހިއްކާފައިވާ ސަރަހްއްދުގައެވެ. އެގޮތުން އެ ސަރަހައްދު ބަލައި ކަންކަން ދިރާސާކުރުމަށްޓަކައި ޓެކް ކުންފުނީގެ ފަރާތަކާއި ކައުންސި...

ނާވައިދޫ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށް
Thiladhunmathi News

ނާވައިދޫ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށް

ހދ. ނާވައިދޫ ބަނދަރު ތަރައްޤީކޮށް މަރާމާތުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެން ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެގޮތުން ނާވައިދޫ ބަނދަރު ތަރައްޤީކޮށް މަރާމާތުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރު ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އަދި މި މަޝްރޫޢު އާއި ގުޅޭ ގޮތުން އެ ކުންފުނިން ބުނެފައިވަނީ މިހާރު މި މަސައްކަތުު ދަށުން ކޭވޯލް އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. މ...

ކުޅުދުއްފުށީ ޓޫރިޒަމް އެޑްވައިޒަރީ ބޯޑު އިފްތިތާޙުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ޓޫރިޒަމް އެޑްވައިޒަރީ ބޯޑު އިފްތިތާޙުކޮށްފި

ކުޅުދުއްފުށި ސިޓީގައި ޓޫރިޒަމް އެޑުވައިޒަރީ ބޯޑެއް އެކުލަވާލައި، އެޑުވައިޒަރީ ބޯޑު އިފްތިތާޙް ކުރުމުގެ ގޮތުން ރަސްމިއްޔާތެއް ބާއްވައިފިއެވެ. އެގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ބޯޑުގެ މެންބަރުން ވަނީ ކުޅުދުއްފުށި ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށާއި ބެލެހެއްޓުމާއި މާކެޓްކުރުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެކުލަވާލި މި އެޑުވައިޒަރީ ބޯޑުގެ މެންބަރުންގެ އިޤުރާރުގައި ސޮއިކޮށްފައެވެ. އަދި މި އެޑުވައިޒަރީ ބޯޑުގެ މެންބަރުންގެ ތެރެއިން އާންމު ރައްޔިތުނ...