ހއ. ދިއްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ދިއްދޫ ކަޕް 8 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރިއަލް ޓީ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ރިއަލް ޓީ ސްޕޯޓްސް ކްލަބުން ހޯދީ ދިއްދޫގައި ރޭ ކުޅުނު ފައިނަލް މެޗުގައި އައްސޭރި އެފް.ސީ އާއި ވާދަކޮށް 3-2 ގެ ނަތީޖާ އަކުން މޮޅުވެގެންނެވެ.
އެގޮތުން މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ ރިއަލް ޓީ ސްޕޯޓްސް ކްލަބުގެ މުޙައްމަދު ނައުޝާދު އެވެ. އަދި ފުރަތަމަ ހާފުގައި 1-0 ގެ ތަފާތަކުން ރިއަލް ޓީ ސްޕޯޓްސް ކްލަބުން ލީޑެއް ނެގުމަށް ފަހު ދެވަނަ ހާފުގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ އައްސޭރި އެފް.ސީ ގެ ވަލެސް ރެޖީރިއޯ ޑި ލިމާ އެވެ.
1-1 ގެ ނަތީޖާއަކުން މެޗު އެއްވަރު ވުމަށް ފަހު، މެޗުގެ ތިން ވަނަ ލަނޑު ރިއަލް ޓީ ސްޕޯޓްސް ކްލަބުގެ ޒުނާމް މުޙައްމަދު ޒުހައިރު ކަމިޔާބުކޮށްފައިވާއިރު މެޗުގެ 73:32 މިނެޓުގައި ދެންވެސް ލަނޑު ކާމިޔާބުކޮށްފައިވަނީ އެ ކްލަބުގެ ކުޅުންތެރިއެއް ކަމަށްވާ ފާއިގު އަޙުމަދު އެވެ. އަދި މެޗުގެ ފަހު ވަގުތުގައި އައްސޭރި އެފް.ސީ ގެ ލިމާ ވަނީ ލަނޑު ޖަހާ ނަތީޖާ 3-2 އަށް ބަދަލުކޮށްފައެވެ.
މި މުބާރާތުގެ ފައިނަލް މެޗުގެ "މޭން އޮފް ދަ މެޗް" ހޯދާފައިވަނީ ރިއަލް ޓީ ސްޕޯޓްސް ކްލަބް ގެ ލާރބި ޕްރިންސް އެވެ.
މީގެ އިތުރުން މި މުބާރާތުގެ ޗެމްޕިއަން ޓީމް، ރިއަލް ޓީ ސްޕޯޓްސް ކްލަބް އަށް ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައިވާއިރު، ރަނަރ އަޕް ޓީމް، އައްސޭރި އެފް.ސީ އަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ލިބިފައެވެ.
ރިއަލް ޓީ ސްޕޯޓްސް ކްލަބުން ދިއްދޫ ކަޕް ފުޓް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެންމެ ފުރަތަމަ ހޯދީ 2023 ވަނަ އަހަރު އެވެ. އަދި މި އަހަރު އެ ކްލަބުން ޖެހިޖެހިގެން 3 އަހަރު ޗެމްޕިއަންކަން ހޯދައި، އެ ކްލަބުން ވަނީ ހެޓްރިކް އެއް ހަދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!