ށ. މިލަންދޫ ޕާކުގެ ދެވަނަ ފިޔަވަހި ތަރައްްީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

މިލަންދޫ ކައުންސިލުން ބުނެފައިވަނީ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީކުރުމަށް އެ ކައުންސިލުން ގެޒެޓް މެދުވެރިކޮށް ހިއްސާކޮށްފައިވާ ރަޖިސްޓްރީ ފޯމު ފުރުމަށްފަހު 14 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން esms@milandhoo.gov.mv އަށް މެއިލް ކުރުމުން ރަޖިސްޓްރީ ކުރެވޭނެކަމަށެވެ.

Ad
rt

އެގޮތުން ބިޑު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 21 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މިލަންދޫ ކައުންސިލް އިދާރާގައިކަމަށެވެ.

މީގެ އިތުރުން ބިޑު ހުށަހަޅާއިރު ބިޑު އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައިކަމަށާއި، ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިއުލާނު ނަންބަރާއި، ކޮންކަމަކަށް ހުށަހަޅާ ބިޑެއްކަން އޮންނަވާނެ ކަމަށް މިލަންދޫ ކައުންސިލުން ބުނެފައިވެއެވެ.

އެ އިދާރާއިން އާންމު ކުރި އިއުލާނުގައި އިތުރަށް ބުނެފައިވަނީ ބިޑު ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ ދެން ބިޑުތައް ބަލައިގަންނާނީ ޖެހިގެން އަންނަ ރަސްމީދުވަހު ހެނދުނު 10:30 ގައި ކަމަށެވެ.

މީގެ އިތުރުން، މި މަސައްކަތައް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އިތުރުން ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޖަމާޢަތްތަކަށް އެކަންޏެވެ.