އަމިއްލަ ފަރާތަކުން ށ.ގޮއިދޫގައި ބިނާކޮށްދޭ މިސްކިތުގެ ބިންގާ އަޅައިފި
ށ. ގޮއިދޫގައި އަމިއްލަ ފަރާތަކުން ބިނާކޮށްދިނުމަށް ހަމަޖެހިފައިވާ މިސްކިތުގެ ބިންގާ އަޅައިފިއެވެ. މި މިސްކިތުގައި ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، މިސްކިތު ބިންގާ އަޅުއްވައިދެއްވީ ށ. އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމް އާއި ށ. ގޮއިދޫ ކައުންސިލުގެ ރައީސް އިބްރާހީމް ޝާހިދު އެވެ. އަމިއްލަ ފަރާތެއްގެ ހިލޭ އެހިއާއި އެއްބާރުލުމުގެ ދަށުން ގޮއިދޫ ބަނދަރު ސަރަހައްދުގައި ބިނާކުރެވޭ މި މިސްކިތަކީ އެ ރަށުގެ އާބާދީއަށް ބަލާއިރު ޖާގަބޮޑު ޒަމާނީ މިސްކިތެކެވެ. މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ....