ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކުރިއަށް ގެންދާ "ރަންފަރު ޓްރެއިނިންގ ޕްރޮގްރާމު 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ކޮމިޓީން މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލަމުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ޕްރޮގްރާމަކީ އުމުރުން 14 އަހަރުންމަތީގެ ދެ ޖިންސުގެ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ ހޭންޑްބޯލަ އަދި ފުޓްސަލް މުބާރާތެއްކަމަށެވެ.
މިގޮތުން މި ޕްރޮގްރާމުގެ ދަށުން ހޭންޑްބޯލް ޓްރޭނިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 ސެޕްޓެމްބަރ 2025 އިން 05 އޮކްޓޯބަރ 2025 ގެ ނިޔަލަށެވެ. އަދި ފުޓްސަލް ޓްރޭނިން ކުރިއަށް ދާނީ 06 އޮކްޓޯބަރ 2025 އިން 20 އޮކްޓޯބަރ 2025 ގެ ނިޔަލަށްކަމަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް 11 ސެޕްޓެމްބަރ އިން 18 ސެޕްޓެމްބަރ 2025 ގެ މެންދުރު 2 ޖެހުމުުގެ ކުރިން ބައިވެރިވުމަށް ހުޅުވާލާފައިވާއިރު، ބައިވެރިވުމަށް އެދޭ ފޯމު ދޫކުރުން ނޮޅިވަރަންފަރު ކައުންސިލް އިދާރާއިން ކުރިއަށް ދާނެކަމަށާއި، ޕްރޮގްރާމުގައި އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކުން https://forms.office.com/r/0QmaXZReL3 މެދުވެރިކޮށް ބައިވެރިވެވޭނެކަމަށް އެ ކޮމިޓީން ބުނެއެވެ.
މީގެ އިތުރުން މި ޕްރޮގްރާމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ނަޒްމީނާ އަޙުމަދު، 9534333 އަށް ގުޅުމަށް އެ ކޮމިޓީން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!