ށ. މިލަންދޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް އެކްސްކެވޭޓަރެއް ސަޕްލައިކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި މަސައްކަތައް މިލަންދޫ ކައުންސިލުން އެކްސްކެވޭޓަރ ސަޕްލައި ކޮށްދީފައިވަނީ ވެލާރޯ އިންވެސްޓްމަންޓް އާއެވެ.

Ad
rt

މިގޮތުން މި މަސައްކަތް ހަވާލުކުރުމަށް އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކޮށްފައިވާއިރު، ކުނި މެނޭޖްކުރުމަށް އެކްސްކެވޭޓަރ ސަޕްލައިކުރުމަށް ދީފައިވާ މުއްދަތަކީ 200 ދުވަހެވެ.

މިލަންދޫ ކައުންސިލަށް އެކްސްކެވޭޓަރު ފޯރުކޮށްދިނުމުގެ ޖުމްލަ އަގަކީ 1،189،000 ރުފިޔާއެވެ.

ކުނިމެނޭޖް ކުރުމަކީ މިލަންދޫ ކައުންސިލުން ކުރަމުން އަންނަ މުހިންމު އެއް މަސައްކަތެވެ.