ރަޝިޔާގެ ރައީސް ވްލަޑިމީރު ޕުޓިން އަށް ހަދިޔާއެއްގެ ގޮތުގައި އެރުވުނު ކީރިތި ޤުރުއާނުގެ ކޮޕީއަކަށް ބުދަ ދުވަހު ބޮސްދެއްވައިފިއެވެ. އަދި އެ ޤުރުއާނަށް ކަމޭހިްތެވުމުގެ ގޮތުން އޭނާވަނީ މޭފުޅުގައި މުސްޙަފް ޖައްސަވާ ހިފަހައްޓަވާލައްވާފައެވެ.
މިއީ ރައީސް ޕުޓިން 13 އަހަރު ފަހުން މުސްލިމުން ގިނަ އަދަދަކަށް ދިރިއުޅޭ ޗެޗްނިޔާ ސަރަޙައްދަށް ކުރެއްވި ޒިޔާރަތެއް ކުރެއްވި ކަމެކެވެ.
ބައިނަލްއަޤްވާމީ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ޗެޗްނިޔާގެ އިސްވެރިޔާ ރަމްޒާން ކަދީރޮވް ވަނީ ރައީސް ޕުޓިން އަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވުމާއެކު އިސްތިޤްބާލު ކުރައްވާފައެވެ. ދެ ލީޑަރުންގެ ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ސިފައިންގެ، ވިޔަފާރީގެ އަދި އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމުގެ މުހިންމުކަމާ މެދު މަޝްވަރާކުރެވުނެވެ.
During his visit to Chechnya, Russian President Putin kissed the Holy Quran he received as a gift.#Putin #Russia #Chechnya
⬛️& Breaking News pic.twitter.com/wq27Fy280K
— (@cheguwera) August 21, 2024
ދެ ޤައުމުގެ ދެމެދުގައި ވަރަށް ބަދަހި ގުޅުމެއް އަބަދުވެސް އޮވެއެވެ. އަދި ރައީސް ކަދީރޮވް ވަނީ އެތައް ފަހަރެއްގެ މަތިން މީޑިއާގައި ރަޝިޔާގެ ރައީސް ޕުޓިންއަށް އޭނާގެ ރަޙްމަތްތެރިޔާ ކަމަށް ސިފަ ކުރައްވާ ތައުރީފް ކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސް ޕުޓިން ވަނީ ރައީސް ރަމްޒާން ކަދީރޮވް އަދި ޗެޗްނިޔާގެ މުފްތީއާއެކު ގްރޮޒްނީގައި ހުންނަ އީސާ މިސްކިތަށް ޒިޔާރަތްކުރައްވައި، އެތާނގައި ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.
ޗެޗްނިޔާގެ މުފްތީ ވަނީ ސޫރަތުލް އަންފާލުން އާޔަތެއް ކިޔަވައި، އޭގެ ރަޝިޔަން ތަރުޖަމާ ރައީސް ޕުޓިންއަށް ކިޔައިދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!