އިންޑިޔާ-ޗައިނާ ބޯޑަރު ހަމަނުޖެހުން ހައްލުކުރުމަށް އެއްބަސްވުމަކަށް
އިންޑިޔާ އާއި ޗައިނާގެ ސަރަހައްދީ ބޯޑަރުގައި 2020 ވަނަ އަހަރުން ފެށިގެން ދެމިގެންދިޔަ ހަމަނުޖެހުން ޙައްލުކުރުމަށް ދެ ގައުމުން އެއްބަސްވުމަކަށް އާދެވިއްޖެއެވެ. މި އެއްބަސްވުމަކީ ބޯޑަރު ސަރަހައްދުގައި ދެ ގައުމުގެ ސިފައިން ޕެޓްރޯލް ކުރުމާ ގުޅޭގޮތުން ވެވުނު އެއްބަސްވުމެކެވެ. އިންޑިޔާގެ ފޮރިން މިނިސްޓްރީން މި އެއްބަސްވުން ހާމަކުރީ ވޭތުވެދިޔަ ހަފްތާތަކުގައި ދެ ގައުމުގެ ސިފައިންނާއި ޑިޕްލޮމެޓުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ. މި އެއްބަސްވުމަކީ 2020 ގައި ފެށުނު ބޯޑަރު ހަމަނުޖެހުމަށް ޙައް...