ވެސްޓަން ޑިޖިޓަލް ކުންފުނިން އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން 26 ޓެރަބައިޓްގެ ހާޑް ޑިސްކް ޑްރައިވެއް ބާޒާރަށް ނެރެފިއެވެ. މި ޑްރައިވަކީ ކްލައުޑް ސަރވިސް ޕްރޮވައިޑަރުންނާއި ޑޭޓާ ސެންޓަރުތަކަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ އަލްޓްރާސްޓާ ޑީސީ އެޗްސީ670 އަލްޓްރާއެސްއެމްއާރު އެޗްޑީޑީއެވެ.

މި ޑްރައިވް މިހާރު ވިއްކަން ފަށާފައިވަނީ ބޮޓަމް ލައިން ޓެލެކޮމިއުނިކޭޝަންސް މެދުވެރިކޮށެވެ. ނަމަވެސް މި ޑްރައިވްގެ އަގު ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ. އަދި އެންމެ ކުޑަމިނުން 20 ޔުނިޓް ގަންނަން ޖެހޭއިރު، 20 ޔުނިޓްގެ އަގަކީ 9,142 ޑޮލަރެވެ. މާނައަކީ އެއް ޑްރައިވެއްގެ އަގު ގާތްގަނޑަކަށް 457 ޑޮލަރެވެ.

Ad
rt

މި ޑްރައިވްގެ ޚާއްޞަ ކަމަކީ ޝިންގަލްޑް މެގްނެޓިކް ރެކޯޑިންގ (އެސްއެމްއާރު) ޓެކްނޮލޮޖީ ބޭނުންކޮށްފައިވުމެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ޑިސްކްގައި ހުންނަ މެގްނެޓިކް ޓްރެކްތައް އޮވަރލެޕްވެ، އެއް ޖާގައެއްގައި ގިނަ ޑޭޓާ ރައްކާކުރެވެއެވެ. މީގެ އިތުރުން މި ޑްރައިވް 7200 އާރުޕީއެމްގެ ސްޕީޑެއްގައި ދައުރުވާއިރު، 512 އެމްބީގެ ކޭޗެއް ހިމެނެއެވެ. އަދި ސިކުންތަކު 261 އެމްބީގެ ސްޕީޑެއްގައި ޑޭޓާ ޓްރާންސްފަރ ކުރެވެއެވެ.

ބޮޑެތި ކުންފުނިތަކާއި ކްލައުޑް ސަރވިސް ޕްރޮވައިޑަރުން ގިނަ އަދަދެއްގެ ޑޭޓާ ރައްކާކުރަން ޖެހުމާއެކު، ސޮލިޑް-ސްޓޭޓް ޑްރައިވްތަކުގެ (އެސްއެސްޑީ) އަގު ބޮޑުވުމުގެ ސަބަބުން، ހާޑް ޑިސްކް ޑްރައިވްތަކަށް (އެޗްޑީޑީ) އަދިވެސް ބޮޑު ޑިމާންޑެއް އެބައޮތެވެ. ވެސްޓަން ޑިޖިޓަލްގެ މި އައު ޑްރައިވަކީ މި ބޭނުމަށް އަމާޒުކޮށްގެން ނެރެފައިވާ އުފެއްދުމެކެވެ.