ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޖަމާޢަތް ހަމާސްގެ ސިޔާސީ ބިއުރޯގެ އިސްވެރިޔާ ޔަހްޔާ ސިންވާރު، އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ޝަހީދުވެއްޖެކަން އެ ޖަމާޢަތުން ހުކުރު ދުވަހު ކަށަވަރުކޮށްދީފިއެވެ.
ޓީވީ އަށް ދެއްވި ބަޔާނެއްގައި ހަމާސްގެ އިސް އޮފިޝަލް ޚަލީލް އަލް-ހައްޔާ ވިދާޅުވީ، ސިންވާރަކީ "އެންމެ ފަހު ނޭވާއާ ހަމައަށް އިސްރާއީލީ ބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރެއްވި ބަޠަލެއް" ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، "ޣައްޒާގައި އިސްރާއީލުގެ އަނިޔާވެރިކަން މުޅިން ހުއްޓި، ފަލަސްތީނުގެ ގައިދީން ދޫކޮށްލައި، އަދި އިސްރާއީލީ ބާރުތައް ޣައްޒާއިން މުޅިން ފޭބުމުގެ ކުރިން އިސްރާއީލީ ރަހީނުން ދޫކޮށްނުލާނެ" ކަމަށެވެ.
ހަމާސްއިން ހައްޔާ މެދުވެރިކޮށް އަލުން ބަޔާންކުރީ "ޤުދުސް އަކީ ވެރިރަށްކަމުގައި ބަލައިގަނެވޭ ފަލަސްތީނު ދައުލަތެއް ޤާއިމުކުރެވެންދެން އެމީހުންގެ ހަނގުރާމަ ކުރިއަށް ގެންދިއުމަށް އޮތް އަޒުމް" އެވެ.
ބުރާސްފަތި ދުވަހު އިސްރާއީލީ ސިފައިން ބުނެފައިވަނީ ޣައްޒާގައި ހިންގި ސިފައިންގެ އޮޕަރޭޝަނެއްގައި ސިންވާރު އަވަހާރަކޮށްލެވިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!