އަސަދާއި އާއިލާއަށް ރަޝިޔާއިން ހިމާޔަތް ދިންކަން ކްރެމްލިން ކަށަވަރުކޮށްދީފި
ސީރިއާގެ ވައްޓާލެވުނު ވެރިކަމުގެ އިސްވެރިޔާ ބައްޝާރުލް އަސަދާއި އޭނާގެ އާއިލާއަށް ރަޝިޔާއިން ހިމާޔަތް ދީފައިވާކަން ކްރެމްލިން އިން ކަށަވަރުކޮށްދީފިއެވެ. ކްރެމްލިންގެ ސްޕޯކްސްމަން ދިމިޓްރީ ޕެސްކޯވް ވިދާޅުވީ މިފަދަ ނިންމުމެއް ނިންމޭނީ ހަމައެކަނި ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިންގެ ހުއްދައާ އެކުގައި ކަމަށެވެ. “މިއީ އޭނާގެ (ޕުޓިންގެ) ނިންމުމެއް” ކަމަށް ޕެސްކޯވް ވިދާޅުވިއެވެ. ޕުޓިންގެ ރަސްމީ ތާވަލުގައި އަސަދާ ބައްދަލުކުރުމެއް ހިމެނިފައި ނުވާކަމަށް ފާހަގަކުރައްވަމުން، އަސަދު މިހާރު ހުންނެވި ތަނަކާ ބެހ...