ސީރިއާގެ އިދިކޮޅު ހަތިޔާރުއެޅި ގްރޫޕްތަކުން ހަމާ ސިޓީ ހިފައި، އެސިޓީގެ މައި މަރުކަޒު އަތުލައި، އެސިޓީގެ މައްޗަށް އޮތް ބާރު ހަރުދަނާކޮށް، ސަރުކާރުގެ ބާރުތަކަށް ސިޓީ ދޫކޮށްލަން މަޖުބޫރުކޮށްފިއެވެ.
މިޒަރިބް، ސަނާއީ އަދި އަރުބައިން ސަރަހައްދުތައް ހިފުމަށްފަހު އިދިކޮޅު ގްރޫޕްތަކުން ވަނީ ސިޓީގެ މައި މަރުކަޒުގެ މައްޗަށް ފުރިހަމަ ބާރު ޤާއިމުކޮށްފައެވެ.
އިދިކޮޅު ގްރޫޕްތަކުން އުފައްދާފައިވާ މިލިޓަރީ އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ކޮމާންޑަރު ހަސަން އަބްދުލް ޣަނީ އެކްސްގައި ބުނެފައިވަނީ، "ކުށްވެރިޔާ ހާފިޒް އަލް-އަސަދު ޓޭންކުތަކާއެކު ވަދެ އެ ސިޓީގެ ރައްޔިތުންގެ އަތުން އެ ސިޓީ ވަގަށްނެގިކަމަށެވެ. އަދި މިއަދު މިވަނީ ޓޭންކުތަކާއެކު އިދިކޮޅު ގްރޫޕްތަކުން ވަދެ އެ ސިޓީގެ ރައްޔިތުންނަށް އެ ސިޓީ އަނބުރާ ހޯދައިދީފައި ކަމަށެވެ.
ސީރިއާގެ ސަރުކާރުގެ ސިފައިން ނެރުނު ބަޔާނެއްގައި، ބުނެފައިވަނީ އިދިކޮޅު ގްރޫޕްތަކުން ހަމާ ސިޓީގެ ހިފުމަށްފަހު އިތުރު ސިޓީތަކަށް މިސްރާބު ޖަހާފައިވާ ކަމަށެވެ.
ނޮވެމްބަރު 27 އިން ފެށިގެން އަސަދު ސަރުކާރުގެ ބާރުތަކާ ހަނގުރާމަކުރަމުން އަންނަ ހައިއަތު ތަހްރީރު އައް-ޝާމްގެ އިސްނެގުމުގެ ދަށުން އިދިކޮޅު ގްރޫޕްތަކުން ދަނީ ހަމާ ޕްރޮވިންސްގެ ތެރޭގައި ކުރިއަރަމުންނެވެ.
ރަޝިއާގެ މަތިންދާބޯޓުތަކުން ސީރިއާގެ ސަރުކާރުގެ ބާރުތަކަށް އެހީތެރިވަމުންދާއިރު ގަދަފަދަ ހަނގުރާމަތައް އެ ސަރަޙައްދުގައި ދަނީ ކުރިއަށެވެ. އެގޮތުން ހަމާ މިލިޓަރީ އެއަރޕޯޓުން ސިޓީގެ މައި މަރުކަޒު ވަށައިގެން އުދުހުނު ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އިދިކޮޅު ހަތިޔާރުއެޅި ގްރޫޕްތަކުން ވަނީ ވައްޓާލައިފައެވެ. އޭގެ އަނެއް ހެލިކޮޕްޓަރު ކުއްލި ގޮތަކަށް ޖައްސާލާފައިވެއެވެ.
އިދިކޮޅު ގްރޫޕްތަކުން ހަމާ ސިޓީ މަރުކަޒުގެ ހުޅަނގުން ސަރުކާރުގެ ބާރުތަކާ ހަނގުރާމަކޮށް، އަރުޒޭ، އަލް-ވަހްޝިއްޔާ، ކަފުރްތުން އަދި ޔަދްގުން ރަށްތައް ދަނީ ހިފަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!