ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔޯލް ޢަޒުލުކުރުމަށް ހުށަހެޅި މައްސަލަ މިއަދު މަޖިލީހުގައި ނާކާމިޔާބުވެއްޖެއެވެ. މި މައްސަލަ ނާކާމިޔާބުވެފައިވަނީ ރައީސް ޔޫންގެ ޕާޓީގެ ގިނަ މެންބަރުން ވޯޓުގައި ބައިވެރިނުވުމުގެ ސަބަބުންނެވެ.
ރައީސް ޔޫން ޢަޒުލުކުރުމަށް ހުށަހެޅި މައްސަލަ ނާކާމިޔާބުވުމާ ގުޅިގެން، ރައީސް ޔޫން ވަކިކުރުމަށް ގޮވާލާ އާންމު ރައްޔިތުންގެ އިހުތިޖާޖުތައް އިތުރުވާނެ ކަމަށް ބެލެވެއެވެ. ފަހުން ކުރެވުނު ސަރވޭއަކުން ދައްކާގޮތުގައި، ގިނަ ރައްޔިތުން ތާއީދުކުރަނީ ރައީސް ޔޫން ޢަޒުލުކުރުމަށެވެ.
ރައީސް ޔޫން ކުއްލިއަކަށް މާޝަލް ލޯ އިއުލާނުކުރުމާ ގުޅިގެން އޭނާގެ އަމިއްލަ ޕާޓީން ވެސް ފާޑުކިޔާފައިވެއެވެ. ނަމަވެސް، ރައީސްކަން ލިބަރަލް ޕާޓީތަކަށް ގެއްލިދާނެކަމުގެ ބިރުން، ރައީސް ޔޫންގެ ޕާޓީން އޭނާ ޢަޒުލުކުރުމާ ދެކޮޅުހަދާފައިވެއެވެ.
ރައީސް ޔޫން ޢަޒުލުކުރުމަށް ބޭނުންވަނީ ނެޝަނަލް އެސެމްބްލީގެ ތިންބައިކުޅަ ދެބައިގެ ތާއީދެވެ. އެއީ 300 މެންބަރުންގެ ތެރެއިން 200 މެންބަރުންގެ ތާއީދެވެ. އިދިކޮޅު ޕާޓީތަކުގެ 192 މެންބަރުން ތިބި ނަމަވެސް، ރައީސް ޔޫންގެ ޕާޓީން ވޯޓުގައި ބައިވެރިވެފައިވަނީ އެންމެ 3 މެންބަރުންނެވެ.
200 މެންބަރުންގެ އަދަދަށް ވޯޓުގައި ބައިވެރި ނުވުމުގެ ސަބަބުން، ވޯޓު ގުނުމަކާ ނުލައި މި މައްސަލަ ބާޠިލުކޮށްފައިވެއެވެ.
މިއީ ދެކުނު ކޮރެއާގެ ތާރީޚުގައި ރައީސަކު ޢަޒުލުކުރުމަށް ކުރެވުނު ދެވަނަ މަސައްކަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!