ރައްޔިތުންގެ ގައިގާ ހަންމުށި އަޅައިގެން ހޯދާ ވޯޓެއް ގަބޫލެއް ނުކުރެވޭނެ: ޔާސިރު

MP Yasir

ރައްޔިތުންގެ ފައިސާ އިން އުފައްދާ ބާރުން ރައްޔިތުންގެ ގައިގާ ހަންމުށި އަޅައިގެން ހޯދާ ވޯޓަކީ ގަބޫލު ކުރެވޭނެ ވޯޓެއް ނޫން ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މަސްވެރިންނަށް ވީ ވައުދު ނުފުއްދި އެކަމާއި ކަންބޮޑުވެގެން ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރައްވަމުންނެވެ.

ޔާސިރު ވިދާޅުވީ އެ ގަރާރަށް ތާއީދު ކުރައްވާ ކަމަށާއި ދިވެހިންގެ ލޭނާރު ކަމުގައިވިޔަސް ތާރީޚުގައި ފެނިގެން ގޮސްފައިވަނީ ހަގީގަތުގައި މަސްވެރިންނަށް އަޅާނުލެވި، އެ ސިނާއަތް ކުރިބޭރުވި އޮތްތަން ކަމަށެވެ.

ބާނާ މަސްކޮޅަށް 'ދުޢާ' އެއް ލިބިގެން (ފައިސާގެ ބަދަލުގައި ދުޢާއެއް ހިފައިގެން) ރަށަށް ދިޔަ ދުވަސް ވެސް އެއީ ހަނދާން ނެތިފައިވާ ދުވަހެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދިގު މާޒީއެއްގެ ތެރެއިން މަސްވެރިންގެ ހައްގު ހޯދައިދިނުމަށް އެމްޑީޕީން މަސައްކަތްތަކެއް ފެށި ކަމަށާއި އަދި އެ ޕާޓީގެ ފުރަތަމަ ވެރިކަމަކީ ނުވަތަ ފުރަތަމަ ތިން އަހަރަކީ ދިވެހި ރައްޔިތުން އެންމެބަލައިގަތް އެންމެރަނގަޅު އާމްދަނީއެއް ލިބުނު ތިން އަހަރުކަން މަސްވެރިން ދަނީ ބުނަމުން ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ ހަތް އަހަރަށް ފަހު އަނެއްކާ ވެސް އެމްޑީޕީގެ ވެރިކަމެއް އުފެއްދީ މަސްވެރިންގެ އެދުންތަކެއް ހުރެ، އެ އެދުންތައް ފުއްދައިދިނުމަށާއި ރަައްޔިތުންނަށް ކުރިއެރުން ހޯދައިީ ގައުމަށް ރަނގަޅުގޮތް ހޯދައިދިނުމަށްޓަކައި ކަމަށް ވެސް ޔާސިރު ވިދާޅުވިއެވެ.

"އެހެންނަމަވެސް ފަސް އަހަރު ފުރެމުންދާއިރު، އެއްވެސް ވަރަކަށް މި މަސައްކަތް ނުކުރެވި، އެއްވެސްވަރަކަށް ނުކުރެވި "ދިމާއިދިކީއްޔަށް" ބަހައްޓަން ޖެހުނީމަ މިއަދު އަޅުގަންޑުމެން މިތިބީ، އާނދެން ހޯހޯއޭ އަޅުގަނޑުމެންނަށް ތިބޭފުޅުން ތިދައްކާ ވާހަކައެއް ގަބޫލެއް ކުރެވޭކަށް ނެތޭ، ތިބޭފުޅުން ތިޖައްސާ ދަލެއްގަ ވެސް އަޅުގަނޑުމެން ޖެހޭކަށް ނެތީމޭ ބުނެ އަޅުގަނޑުމެން މިތިބީ އޭގެން އެއްކައިރިވެގެން." ޔާސިރު ވިދާޅުވިއެވެ.

ގޯހެއްގައި އަބަދު ނުތިބެވޭނެ ކަމަށާއި 19 ވަނަ ރައްޔިތުންގެ މަޖިީހުން މަސްވެރިކަމުގެ ގާނޫނަށް އިންތިހާ ރަނގަޅު ބަދަލުތަކާއެކީ، 200އެތަށް މާއްދާއެއްގެ މައްޗަށް އެކުލެވޭ ރަނގަޅު މޮޅު ގާނޫނެއް ފާސްކުރިނަމަވެސް މިއަދާއި ހިސާބަށް އައިއިރު، އެ ގާނޫނުގެ ތަންފީޒު ކުރެވުނީ ކޮން ކަންތައްތަކެއްތޯ ވެސް އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.

ހަމަމިއާއެކު ޕާޓީއެއް އޮވެ، އެތައްބަޔަކު އެއްވެގެން ސިޔާސަތެއް ހަދާ، ވެރިކަން ލިބުނީމާ މި ސިޔާސަތުތަކަކީ ގަބޫލުކުރުންތަކަކީ އެއްވެސްއެއްޗަކަށްނުވެ، ދޫކޮށްލައި ހަމައެކަނި އަނެއްކާވެސް ސަރުކާރުގެ ކުންފުންޏަކުން މިކަން ކުރަން އުޅެގެން މިކަން ނުވާނެ ކަމަށާއި ސަރުކާރުގެ ކުންފުނިތަކަކީ އިންތިހާއަށް ރައްޔިތުނަށް ގެއްލުންވާ ކުންފުނިތައްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކޮންމެ މީހަކުވެސް ދަނީި ނާޒާއިޒު ފައިދާ ނަގަމުން ކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

މަސްވެރިންނަކީ މުޖުތަމައު ބިނާކުރުމުގައި ނުހަނުބުރަކޮށް މަސައްކަތްކުރަމުންދާ ބައެއް ކަމަށާއި "ދި ޑިމޮކްރެޓްސް'' އަކީ އުއްމީދުން ފުރިގެންވާނެ ޕާޓީއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޔާސިރުއަށް ބުނެލަން އޮތީ ﷲ އިރާދަކުރެއްވިއްޔާ އެއްޖިއްސުން ގުޅުން ޤާއިމުކުރަން ދީނީމިނިވަންކަމަށްގޮވާ ލާ …. ތިޔަލާދީނީ ބައިގަނޑު ތިހެދި ޕާޓީ ބޮޑުތަނުން ފެއިލް ކޮށްލާނަން ޔާސިރުހީނުކުރާތި ދެންމަޖިލީހަށް އާދެވޭނެކަށް .ކުޅުދުއްފުއްޓަށްކަމެއްކޮށްނުދީގެނޭކިޔާ ތިޔަ ltdt ފިކުރުވމިތަނުގަ އަށަގަންނަވަން ކުރާކަންކަން ﷲ ރަހުމަތާއެކު ބޮށްސުންދުއްވާލާނަން ހުރެބަލަން!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި