Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

ރާއްޖޭގައި ބާއްވާ ފުރަތަމަ މެރިން އިންޑަސްޓްރީ ފޯރަމް ފަށައިފި
Raajje

ރާއްޖޭގައި ބާއްވާ ފުރަތަމަ މެރިން އިންޑަސްޓްރީ ފޯރަމް ފަށައިފި

މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް މިއަދު ފަށައިފިއެވެ. މިއީ ބޯޓިން ދާއިރާގައި މަސައްކަތްކުރާ މުހިންމު ފަރާތްތައް ބައިވެރިވާ މި ފޯރަމް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. އެއް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ފޯރަމަކީ މޯލްޑިވްސް ބޯޓިން އެސޯސިއޭޝަނާއި މީޑިއަމް އިވެންޓުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތެކެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ދަތުރުފަތުރާބެހޭ ވަޒީރު އައިޝަތު ނަހުލާ އެވެ. ހޮޓެލް ޖެންގައި ކުރިއަށްދާ މި ފޯރަމްގައި 5 ޕެނަލް ޑިސްކަޝަންއެއް ކު...

''މޯލްޑިވިއަންގެ މަތިންދާ ބޯޓު ކުއްލި ހާލަތުގައި ޖެއްސީ ފަސިންޖަރަކަށް ދިމާވިކަމަކުން''
Business

''މޯލްޑިވިއަންގެ މަތިންދާ ބޯޓު ކުއްލި ހާލަތުގައި ޖެއްސީ ފަސިންޖަރަކަށް ދިމާވިކަމަކުން''

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓު އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް މިއަދު ޖެއްސީ ފަސިންޖަރަކަށް ދިމާވި އިމަޖެންސީއަކުން ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ އެއާ ލައިނުން ބުނީ، އެ ހާލަތު ދިމާވި ފްލައިޓަކީ މާލެއިން ކޮޗިން އަށް ދިއުމަށް ފުރި، މޯލްޑިވިއަން ފްލައިޓް Q2706 ކަމަށާއި އެ ފްލައިޓު ވީއައިއޭ އިން ފުރާފައިވަނީ މެންދުރުފަހު 3 ޖެހިއިރު ކަމަށެވެ. އެ ފްލައިޓު ނައްޓާލިފަހުން އެ ފްލައިޓުން ދަތުރުކުރި ކުއްޖަކަށް ދިމާވި މެޑިކަލް އެމަޖެންސީއަކާ […]

ދެކުނު އެފްރިކާގައި ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްސަ ކެމްޕޭނެއް ފަށައިފި
Business

ދެކުނު އެފްރިކާގައި ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްސަ ކެމްޕޭނެއް ފަށައިފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ތޮމްޕްސަންސް ހޮލިޑޭސް އާއެކު ދެކުނު އެފްރިކާގައި ޖޮއިންޓް މާކެޓިންގ ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން ޑިޖިޓަލް މީޑިއާ، ސޯޝަލް މީޑިއާ، އައުޓްޑޯ އިޝްތިހާރު އަދި ބީޓުބީ އިވެންޓްތަކުގައި ތަފާތު ގިނަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެމްއެމްޕީއާރްސީ އިން ބުނީ މި ކެމްޕެއިންގެ މަގު...

ނިލަންދޫ ފަޅުން ދެރަށް ހިއްކައި ފަތުރުވެރިކަމަށް ހުޅުވާލަނީ
Raajje

ނިލަންދޫ ފަޅުން ދެރަށް ހިއްކައި ފަތުރުވެރިކަމަށް ހުޅުވާލަނީ

ފ. ނިލަންދޫ ފަޅުން ދެރަށް ހިއްކައި ފަތުރުވެރިކަމަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސްގެ ދެކަނބަލުން ފ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ނިލަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށްޓަކައި ނިލަންދޫގެ ފަޅުން ދެރަށް ހިއްކައި، ޓޫރިޒަމަށް ހުޅުއްވާލައްވާނެ ކަމަށާއި ވަޒީފ...

ރައީސްގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފި
Raajje

ރައީސްގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ނިލަންދެ އަތޮޅު އުތުރުބުރީގެ ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މިއީ އެ އަތޮޅުގެ ހުރިހައި ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގެ ތެރެއިން ނިލަންދުއަށް ވަޑައިގެންނެވުމުން، ސަގާފީ ހަރަކާތްތަކާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމ...

"ހުރިހާ އެންމެން ވިސްނައިގެން ސަމާލުކަން ނުދޭހާ ހިނދަކު މަގުތައް ރައްކާތެރިއެއް ނުވާނެ"
Raajje

"ހުރިހާ އެންމެން ވިސްނައިގެން ސަމާލުކަން ނުދޭހާ ހިނދަކު މަގުތައް ރައްކާތެރިއެއް ނުވާނެ"

ހުރިހާ އެންމެން ވިސްނައިގެން ސަމާލުކަން ނުދޭހާ ހިނދަކު މަގުތައް ރައްކާތެރިއެއް ނުވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ މަގުތަކުގައި ހަރުކުރާ “މަގުހުރަސް ބައްތި” އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާއި ކަމާބެހޭ އިދާރާތައް ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރިކަމުގައިވީނަމަވެސް، ހުރިހާ އެންމެން މިކަމަށް ވިސްނައިގެން ސަމާ...

ޑިމޮކްރަސީގެ ދަތުރުގައި އެންމެ ގިނަ ލަކުނުތައް ލަމުންދަނީ ސަލާމަތީބާރުތަކުގެ ސަފުތަކުގައި: ނާޒިމް
Raajje

ޑިމޮކްރަސީގެ ދަތުރުގައި އެންމެ ގިނަ ލަކުނުތައް ލަމުންދަނީ ސަލާމަތީބާރުތަކުގެ ސަފުތަކުގައި: ނާޒިމް

ދިވެހިންގެ ޑިމޮކްރަސީގެ ދަތުރުގައި، އެންމެ ގިނަ ލަކުނުތައް ލަމުންދަނީ ސަލާމަތީ ބާރުތަކުގެ ސަފުތަކުގައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކުރަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ ސަލާމަތީ ބާރުތަކަކީ ގައުމީ ސަލާމަތުގެ އެންމެ އިސް އަދި އެންމެ ފަހު ސަފު ކަމަށާއި އެހެނަސް މިއަދު ސިފައިންނާއި ފުލުހުންވަނީ […]

ކުޑަކުދިންގެ ކާޓޫނު ސީރީސް އާއި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން ނެރެފި
Raajje

ކުޑަކުދިންގެ ކާޓޫނު ސީރީސް އާއި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން ނެރެފި

“ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ކާޓޫނު ސީރީސް އާއި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާހު ކޮށްފިއެވެ. މިއީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށްގެންދާ ކާޓޫނު ސީރީސް އާއި ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާހުކޮށްދެއްވީ ރައީސް ސާލިހުގެ އަނބިކަނބަލުން ފަޒުނާ އަހްމަދުއެވެ. ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ...

ކުލަގަދަ ރަސްމިއްޔާތަކާއެކު އެމްއެންޕީގެ ރިޔާސީ ޓިކެޓު ނާޒިމަށް ހަވާލުކޮށްފި
Raajje

ކުލަގަދަ ރަސްމިއްޔާތަކާއެކު އެމްއެންޕީގެ ރިޔާސީ ޓިކެޓު ނާޒިމަށް ހަވާލުކޮށްފި

ކުލަގަދަ ރަސްމިއްޔާތަކާއެކު، މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ ޓިކެޓް އެޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އަށް އަރުވައިފިއެވެ. ރިޔާސީ ޓިކެޓު ނާޒިމަށް އަރުފައިވަނީ މިކަމަށްޓަކައި އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ނާޒިމް ކަމުގައި ކަނޑައަޅާފައިވަނީ އެކަމަށްޓަކައި ހުޅުވައިލުމުން އިތުރު ބޭފުޅަކު ކުރިމަތިލާފ...

ރިޔާސީ އިންތިހާބުގައި 8 ގައުމެއްގައި ވޯޓުލާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަނީ
Raajje

ރިޔާސީ އިންތިހާބުގައި 8 ގައުމެއްގައި ވޯޓުލާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަނީ

މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބުގައި 8 ގައުމެއްގައި ވޯޓުލާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އެ ކޮމިޝަނުން ނައިބު ރައީސް އިސްމާއިލް ހަބީބު އަބްދުއްރަހީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިގޮތަށް ނިންމީ ރިޔާސީ އިންތިހާބުގައި، ރާއްޖޭން ބޭރުގައި ދިރިއުޅޭ ވީހާ ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން 8 ޤައުމެއްގެ 9 ސިޓީގައި ވޯޓުފޮށި ބެހެއްޓުމަށް ނިންމަވާ...

''ހާސްކަން އެއްފަރާތްކޮށް، ނަފުސަށާއި ރޫހަށް ފަރުވާކުރަން ބޭނުންވާ ނަމަ ޤުރުއާން ކިޔަވާ''
Column

''ހާސްކަން އެއްފަރާތްކޮށް، ނަފުސަށާއި ރޫހަށް ފަރުވާކުރަން ބޭނުންވާ ނަމަ ޤުރުއާން ކިޔަވާ''

ކަންބޮޑުވުންތަކާއި ހާސްކަން އެއްފަރާތްކޮށް، ނަފުސަށާއި ރޫހަށް ފަރުވާކުރަން ބޭނުންވާ ނަމަ ކީރިތި ޤުރްއާން ކިޔެވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރި ވެއްޖެއެވެ. “މާތް اللهގެ ރަހުމަތްފުޅުގެ ތަނަވަސްކަން” މި މައުޟޫއުގައި ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ މާތްﷲ ކީރިތި ޤުރުއާން ބާވައިލައްވާފައިވަނީ ރަހުމަތެއް ކަމުގައި ކަމަށާއި އަހަރެމެންގެ ހަޔާތް މާތްﷲ ގެ މަގަށް މިސްރާބުކޮށްދޭ ސަމުގާއަކީ އެ ފޮތް ކަމަށެވެ. އަދި އެ ފޮތަކީ މުނިފޫހި ފިލުވައިދޭ މިތުރެއް ކަމަށާއި ކަންބޮޑުވުން ދުރަށް ލައިދޭ އެކުވެރި...

ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭން ލޯންޗް ކޮށްފި
Raajje

ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭން ލޯންޗް ކޮށްފި

ލަނޑުދަނޑިތަކާއެކު ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭން ލޯންޗް ކޮށްފިއެވެ. މި މާސްޓާޕްލޭން ލޯންޗުކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ޕްލޭންގައި އެންމެ ބޮޑަށް އަލި އަޅުވާލާފައިވަނީ ރާއްޖޭގެ ޓޫރިޒަމްގެ ވާދަވެރިކަން ދެމެހެއްޓޭނެ ޕޮލިސީތައް ގެނައުމާއި އަޅަން ޖެހޭ ފިޔަވަޅުތަކުގެ މައްޗަށް ކަމަށެވެ. އަދި ނުހެދި ހުރި ރަށްތައް ހެދުމާއި މާކެޓިން އަދި އެ ނޫން ވެސް ޓޫރިޒަމްއާ ގުޅުންހުރި ގިނަ މައްސަލަތަކު...

ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ: ޚަލީލް
Raajje

ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ: ޚަލީލް

ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ ކަމަށް ރާއްޖޭގެ އިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް ގޮވާލައްވައިފިއެވެ. އޭނާ މިފަދައިން ގޮވައިލެއްވީ އަލް-އަޤްސާ މިސްކިތަށް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އޯ.އައި.ސީ.ގެ މައި މަރުކަޒުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ. އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުން އޭނާ ވިދާޅުވީ އެ އަ...

ޗާގޯސް މައްސަލަ: ކަނޑުގެބައި އަލުން ހޯދުމަށް މަސައްކަތްކުރުމަށް ގޮވާލާ ޖޭޕީ ކައުންސިލަށް ގަރާރެއް
Raajje

ޗާގޯސް މައްސަލަ: ކަނޑުގެބައި އަލުން ހޯދުމަށް މަސައްކަތްކުރުމަށް ގޮވާލާ ޖޭޕީ ކައުންސިލަށް ގަރާރެއް

ރާއްޖެ- ޗާގޯސް މައްސަލާގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކައުންސިލަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ. މި ގަރާރަކީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން 28 އޭޕްރިލް 2023 ގައި ނިންމި މައްސަލާއާއި ގުޅިގެން ހުށަހެޅި ގަރާރެކެވެ. ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ހުށަހެޅުއްވި މި ގަރާރުގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާގާނޫނުގެ ދަށުން ކުރިން ބޭނުން ކުރަމުން […]

ސިފައިންގެ މުސާރައަށް ހެޔޮބަދަލު ގެންނެވުމުގެ މަސައްކަތް ފަށައިފި
Raajje

ސިފައިންގެ މުސާރައަށް ހެޔޮބަދަލު ގެންނެވުމުގެ މަސައްކަތް ފަށައިފި

ސިފައިންގެ މުސާރައަށް ހެޔޮބަދަލު ގެންނެވުމުގެ މަސައްކަތް ފަށާފައިވާކަމަށް ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. ސިފައިންގެ އެޖޫޓަންޓް ޖެނެރަލް ކޯޕްސް، އޭޖީ ކޯރގެ 3 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން އިނީޝިއޭޓިވްގެ ތެރެއިން ސިފައިންގެ މުސާރައަށް ހެޔޮބަދަލު ގެންނެވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި އެ ބަދަލު އައިސް، އެކަމުގެ ފައިދާ ސިފައިންނަށް ވަރަށް އަވަހަށް ލިބޭނެ ކ...