އަލް ނަސްރު މޮޅުކޮށްދިނުމަށްފަހު ރޮނާލްޑޯ ސަޖިދަ ޖެހުމުން ގިނަބައެއްގެ ތަޢުރީފު

photo_2023-05-24_09-44-01

ސައުދީ ޕްރޮފެޝަނަލް ލީގުގައި އަލް ނަޞްރު މޮޅުކޮށްދިނުމަށްފަހު ރޮނާލްޑޯ ސަޖިދަ ޖެހުމުން ގިނަބައެއްގެ ތައުރީފް އޮހެން ފަށައިފިއެވެ.

ރޮނާލްޑޯ ސަޖިދަ ޖަހާފައިވަނީ އެ ލީގުގައި އަލް ޝަބާބް އާއި އަލް ނަޞްރު ރޭ ކުޅުނު މެޗުގައި، އަލް ނަޞްރު މޮޅުވި ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރުމުގެ ގޮތުންނެވެ.

މި މެޗު، 2-2 ލަނޑުން ދެޓީމު ވެސް އެއްވަރުވެފައިވާތީ ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ އެއީ ފަހުގެ ނަތިޖާ ކަމަށެވެ. ނަމަވެސް އަލް ނަޞްރުކޮޅަށް ނަތީޖާ އަނބުރާލީ މެޗުގެ 59 ވަނަ މިނެޓުގައި ރޮނާލްޑޯގެ ބާރު ހަމަލާއިންނެވެ. މިއީ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު، އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއެކެވެ.

މި ލަނޑަށް ފަހު އެޓީމުގެ ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުން ދިޔައީ ވަރަށްބޮޑަށް އުފާ ފާޅުކުރަމުންނެވެ. އަދި ރޮނާލްޑޯ ފުރަތަމަ ހެދީ އޭނާގެ ރަސްމީ ސެލެބްރޭޝަން ކަމަށްވާ ”ސިއޫ ސެލެބްރޭޝަން" އެވެ.

އެހެންނަމަވެސް އެއަށްފަހު، އޭނާ ވަނީ އަލް ނަޞްރުގެ ހުރިހާ ކުޅުންތެރިންގެ މެދަށް ތިރިވެ ސަޖިދައެއް ޖަހާފައެވެ. އޭނާގެ މި އަމަލާއެކު މެޗު ބަލަން ތިބި އެންމެންގެ ސަމާލުކަން ހުއްޓުނެވެ.

ރޮނާލްޑޯ ސަޖިދަ ޖެހީ އަލް ނަޞްރުގައި ތިބި މުސްލިމު ކުޅުންތެރިން ނަށް އިހުތިރާމު ކުރުމުގެ ގޮތުން ކަމަށް ބައެއް ރިޕޯޓުތައް ބުނަމުންދާއިރު، މިއީ އޭނާ އިސްލާމް ދީން ގަބޫލުކޮށްފާނެ ކަމުގެ އިޝާރާތެއް ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިގޮތަށް ސަޖިދަ ޖެހުމަކީ ޣައިރު މުސްލިމުން އާންމުގޮތެއްގައި ކޮށްއުޅޭ ކަމަކަށް ނުވާއިރު، ރޮނާލްޑޯ ގެ މި އަމަލަށް އަންނަނީ މުސްލިމުންނާއި ޣައިރު މުސްލިމުންގެ ތައުރީފުގެ ބަސްތައް އޮހެމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *