ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓު އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް މިއަދު ޖެއްސީ ފަސިންޖަރަކަށް ދިމާވި އިމަޖެންސީއަކުން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ އެއާ ލައިނުން ބުނީ، އެ ހާލަތު ދިމާވި ފްލައިޓަކީ މާލެއިން ކޮޗިން އަށް ދިއުމަށް ފުރި، މޯލްޑިވިއަން ފްލައިޓް Q2706 ކަމަށާއި އެ ފްލައިޓު ވީއައިއޭ އިން ފުރާފައިވަނީ މެންދުރުފަހު 3 ޖެހިއިރު ކަމަށެވެ.

Ad
rt

އެ ފްލައިޓު ނައްޓާލިފަހުން އެ ފްލައިޓުން ދަތުރުކުރި ކުއްޖަކަށް ދިމާވި މެޑިކަލް އެމަޖެންސީއަކާ ގުޅިގެން 3:26 ގައި އަނބުރާ ވީއައިއޭ އަށް ޖައްސާފައިވާ ކަމަށް ވެސް ބުނެއެވެ.

މޯލްޑިވިއަންގެ މި ފްލައިޓު ވަނީ 4:25ގައި އަލުން ކޮޗިންއަށް ފުރާފައެވެ.