ތިލަފުށި ފަޅުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔާ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
އެ އިދާރާއިން ކުރާއްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު 12:07 ހާއިރު ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ ތިލަފުށީ ފަޅުތެރޭގައި އޮތް ބާ ބޯޓެއްގައި ކަމަށެވެ.
އެހެންނަމަވެސް މިހާދިސާގައި މިހައިތަނަށް އެއްވެސް މީހަކަށް ގެއްލުން ވެފައި ކަމުގެ މައުލޫމާތެއް ހާމައެއް ނުކުރައްވައެވެ. އަދި މިކަމުގެ އިތުރު މައުލޫމާތެއް ވެސް އަދިހިއްސާ ނުކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!