ނ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ފުރާވަޑައިގަތުމަށް ނިންމާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އެ އަތޮޅަކީ ރައީސް ސާލިހާއިއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ތާއީދު ބޮޑު އަތޮޅެކެވެ.
ރައީސްގެ ކެންޕެއިން ދަތުރުފުޅުތައް ފައްޓަވާފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ވަޑައިގަތުގެ އަމާޒުގައި މިއަހަރުގެ އަޟުހާ އީދަށްފަހުއެވެ.
އެމަނިކުފާނު އެންމެފަހުން ކެމްޕޭނަށް ވަޑައިގެންނެވީ ހުވަދު އަތޮޅަށެވެ. މި ދަތުރުގައި ޖުމްލަ 17 ރަށަކަށް ވަޑައިގެންނެވިއެވެ. މި ދެ އަތޮޅުން މި ދަތުރުގައި ރައީސް ވަޑައިނުގަންނަވާނީ ގދ. ތިނަދޫއަށެވެ.
އެމްޑީޕީ އިން ބުނީ ފަހުގެ ތާރީހެއްގައި ހާއްސަ ކެމްޕެއިން ދަތުރެއް އެ ރަށަށް ރޭވިފައިވާ ކަމަށެވެ.
ރައީސްގެ އަރިހުގައި ރަނިން މޭޓު ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމްގެ އިތުރުން އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވިއެވެ.
ސާލިހު ވަނީ ހއ. ހދ. ށ އަދި ކ. އަތޮޅުގެ ބައެއް ރަށްރަށަށާއި ވ. އަދި މ. އަތޮޅަށް ވެސް ކެމްޕެއިންގައި ވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!