"ހޭލާ" ގެ ނަމުގައި ނަމުގައި ޖަމިއްޔާ އެއް އިފްތިތާހް ކޮށްފިއެވެ.
މިއީ ރާއްޖޭގައި ހިނގަމުންދާ ޑިމޮކްރަސީ އޮނިގަނޑުގެ އެކި ގުނަވަންތަކުގައި އުޅޭ މައްސަލަތަކުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ، ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފެންމަތިވެ، ހައްލުނުވެ، ގިނަދުވަސްތަކެއް ވަމުންދާ ކަމަށް ބުނެ އިފްތިތާހު ކުރި ޖަމިއްޔާއެކެވެ.
މި ޖަމިއްޔާ އިފްތިތާހު ކުރުމުގެ ޖަލްސާ ބާއްވާފައިވަނީ މި އޯގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައެވެ.
އެ ޖަމިއްޔާއިން ބުނެފައިވަނީ، ހޭލާއަކީ ނޭއްގާނީ ކަންކަމާއި ކޮރަޕްޝަނުން އެއްކިބާވެފައިވާ، ހަމަހަމަކަމާއި އިންސާފު ގާއިމުވެފައިވާ އަދި އަހުލާގީ ރިވެތި ސިފަތައް އަށަގަނެފައިވާ މުޖުތަމަޢެއް ހާމަކަން ބޮޑުކަމާއި ޖަވާބުދާރީކުރުވުމާއި ޒިއްމާދާރުކުރުމާއި ރައްޔިތުން ޝާމިލުވުމުގެ ތެރެއިން ބާރުވެރިކުރުމަށް އުފެދުނު ހަރަކާތެއްކަމުގައެވެ.
އެ ޖަމިއްޔާގެ ސްޕޯކްސްޕާރސަން މުހައްމަދު މުޝްރިފް ވިދާޅުވީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާހުތަކަށް ވަކާލާތުކުރުމާއި، ރައްޔިތުންގެ ބައިވެރިވުން ކުރިއެރުވުމަކީ "ހޭލާގެ މަގުސަދެއް ކަމުގައެވެ. އަދި ސިޔާސީ މައިދާނުގައި ކޮރަޕްޝަން ނައްތާލުމާއި، ކޮރަޕްޝަނާއި ދެކޮޅަށް މުއައްސަސާތަކާއި ފަރުދުންގެ ޤާބިލުކަން ބިނާކުރުމަކީ ވެސް މަގުސަދެއް ކަމަށެވެ.

މީގެ އިތުރުން މި ޖަމިއްޔާއާއި ގުޅުމުގެ ފުރުސަތު ކޮންމެ ދިވެހިރައްޔިތަކަށް ވެސް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
495 މެމްބަރުން ހިމެނޭ ހޭލާ ޖަމިއްޔާ އިފްތިތާހް ކޮށްފައިވަނީ 450 މެމްބަރުންނާއެކު އާރޓިފިޝަލް ބީޗްގައެވެ. މި އިވެންޓުގައި ހޭލާގެ ލަވަ، ޝިޔާރު "ވަތަންގެ ރޫހް"، ލޯގޯ، ޖަމިއްޔާގެ ކުލަ ފަދަ ކަންކަން އިފްތިތާހްކުރެވިގެން ދިޔައެވެ. އަދި 5 އަހަރު ދުވަހުގެ ތެރޭގައި ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތަފްސީލްތައް ވެސް އާއްމުކޮށްފައި ވެއެވެ.

ހޭލާޖަމިއްޔާގެ ވެބްސައީޓް www.heylaa.org
އީމެއިލް: heylaamv@gmail.com
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!