ކޮލެޖްތައް ޔުނިވާސިޓީތަކަށް ބަދަލުވުމުގެ ފުރުޞަތު ވީހާވެސް ފުޅާ ދާއިރާއެއްގައި ދިނުމަށް އެމްއެންޕީން ގޮވާލައިފި
ރާއްޖޭގެ ކޮލެޖްތައް ޔުނިވަރސިޓީއަށް ބަދަލުވުމުގެ ފުރުޞަތު ވީހާވެސް ފުޅާ ދާއިރާއެއްގައި ދިނުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުޙަލާގައި މިހާރު އޮތް “ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު” އަށް އިޞްލާޙު ގެނައުމަށް ހުށަހެޅިފައިވާ ބިލުގެ ބަޙުސްގައި އެޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވީ ޔުނިވަރސިޓީއަކަށް ވުމަށް ކޮލެޖްތަކަށް މިހާރު ހުރީ ވަރަށް އުނދަގޫ ޝަރުޠުތަކެއް ކަމަށެވެ. އެކަމަށް ވީހާވެސް ލުއި ގޮތްތަކެ...