ރައީސުކްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މާދަމާ ބަހްރެއިނަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރައީސް ސާލިހުގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުތުރުފުޅުގައި އެމަނިކުފާނު ފުރާވަޑައިގެންނަވާނީ މާދަމާ ކަމަށެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ އެގައުމުގެ ރަސްގެފާނު ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް މިއުވާން ވިދާޅުވެފައި ވެއެވެ.
މި ދަތުފުޅަށް ފަހު، ރައީސް ސާލިހު އެނބުރި ރާއްޖެ ވަޑައިގެންނަވާނީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.
ރައީސް އެންމެފަހުން ބޭރަށް ވަޑައިގެންފައި ވަނީ އިނގިރޭސި ވިލާތަށެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 14 އިން 22 އަށް ރައީސް އެ ގައުމަށް ކުރެއްވި މި ރަސްމީ ދަތުރުފުޅަކީ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމާއި ގުޅިގެން އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު، ޗާސްލް 3 ވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި އެ ޢާއިލާގެ މި ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!