ހަރުކަށި ފިކުރު ނައްތާލުމަށް ސަރުކާރުން ކުރިއަށް ގެންދާ ހަރަކާތްތައް އާންމުން ބަލައިގަންނަ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މަހްލޫފް މިހެން ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ނަތީޖާ އާ ބެހޭ ގޮތުން ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލުގެ ޖަވާބުގަ އެވެ.

Ad
rt

އެ މަސައްކަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސަރުކާރުން ކުރާ މަސައްކަތަކީ އިސްލާމް ދީނާ ދެކޮޅު ކަމެއްގެ ގޮތުގައި ދެއްކުމަށް ބަޔަކު މަސައްކަތް ކުރަމުން ދިއުން ކަމަށާއި އެ މަސައްކަތުގައި އާންމުންނަށް މައުލޫމާތު ދެއްވުމަށް ވަޑައިގަންނަވަނީ އިސްލާމިކް މިނިސްޓްރީގައި މަސައްކަތްކުރައްވާ ދީނީ އިލްމުވެރިން ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވި އެވެ.

"ބަޔަކު މީހުން އެފަދަ ވާހަކަ ދައްކަނީ ސަރުކާރުން ހަރުކަށި ފިކުރު ނައްތާލުމަށް ހިންގާ ހަރަކާތްތަކާ މެދު އާންމުންގެ މެދުގައި އޮންނަ ވިސްނުން ބަދަލުކުރުމަށް. އާންމުން ވަނީ ސަރުކާރުން ކުރާ އެ މަސައްކަތް ބަލައިގަނެފަ"

ޔޫތް މިނިސްޓަރ މަހްލޫފު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރ މަހްލޫފް ވިދާޅުވީ ރެޑިކަލައިޒޭޝަން ޕްރޮގްރާމުގަ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެ މަސައްކަތްތައް ކުރިއަށް އެބަ ގެންދެވޭ ކަމަށެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ނުވަތަ ހޭލުންތެރި ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ގިނަ ހަރަކާތްތަކެއް ސަރުކާރުން އަންނަނީ ހިންގަމުން ނެވެ. އޭގެ ތެރެއިން އެއް ހަރަކާތަކީ ޔޫތު މިނިސްޓްރީން ހިންގާ ހަފްތާރެސް ޕްރޮގްރާމެވެ.