Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

މަރިޔަމް ނިޝާ ޖޭޕީ ދޫކޮށް އެމްޑީޕީ އަށް
Raajje

މަރިޔަމް ނިޝާ ޖޭޕީ ދޫކޮށް އެމްޑީޕީ އަށް

ރާއްޖޭގެ ލެޖެންޑަރީ ފިލްމީ ތަރި މަރިޔަމް ނިޝާ، ވެރިކަންކުރާ މައިޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކޮށްފިއެވެ. އޭނާ އެ ޕާޓީއަށް ސޮއިކޮށްފައި މިވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރިތާ މަދު ދުވަސްކޮޅެެއްގެ ތެރޭގަ އެވެ. އޭނާ ޖޭޕީއަށް ސޮއި ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. ނިޝާ އެމްޑީޕީއަށް ސޮއިކުރިކަން ހާމަކުރީ އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާރސަން (އިދާރީ) އިބްރާހިމް ވަހީދު (އިބުރޭ) އެވެ. ނިޝާ، […]

ބަޖެޓުގެ ބަހުސް މާދަމާ ފަށަނީ
Raajje

ބަޖެޓުގެ ބަހުސް މާދަމާ ފަށަނީ

އަންނަ 2023 ވަނަ އަހަރަށް ސަރުކާރުން ލަފާކުރައްވާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަން މާދަމާ ފެށުމަށް ނިންމައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ޝެޑިއުލްގައިވާގޮތުން އަންގާރަ ދުވަހާއި ބުދަ ދުވަހާއި ބުރާސްފަތި ދުވަހާއެކު ބަޖެޓު ބަހުސް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ދުވަހު ހެނދުނު ނުވައެއް ޖަހާއިރު ފަށައިގެން ރޭގަނޑު 10 ޖަހަންދެން ކުރިއަށް ގެންދާނެ ކަމަށާއި އެކަމަކު ބުރާސްފަތި ދުވަހު ރޭގަނޑު 10 ޖަހާއިރު ބަހުސް […]

ގެމަނަފުއްޓާއި ރަތްމަންދޫގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފި
Raajje

ގެމަނަފުއްޓާއި ރަތްމަންދޫގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ގއ. ގެމަނަފުއްޓާއި މ. ރަތްމަންދޫގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފި އެވެ. އެގޮތުން ގެމަނަފުށީގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީކުރުމަށާއި ރަތްމަންދޫ ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ވަނީ ހަވާލުކުރައްވާފަ އެވެ. ގެމަނަފުށީ ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ލައިކަންސް އިންވެސްޓްމަންޓާ އެވެ. 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް މި މަސައްކަތަށް 4،461،159.84 (ހަތަރު މިލިޔަން ހަތަރުސަތޭކަ ފަސްދޮޅަށް އެއް ހާސް ސަތޭކަ ފަންސާސ...

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އިހުތިޖާޖު މިއަދުވެސް ކުރިއަށް!
Raajje

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އިހުތިޖާޖު މިއަދުވެސް ކުރިއަށް!

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އިހުތިޖާޖު މިއަދުވެސް ކުރިއަށް އެބަގެންދެ އެވެ. މިއީ އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް، އެ މަގާމުން ދުރުކުރުން ކުރާ އިހުތިޖާޖެކެވެ. ބެލެނިވެރިން މިއަދުގެ އިހުތިޖާޖު ކުރަމުން ގެންދަނީ ވެލާނޭ ބިލްޑިންގ ކައިރީގަ އެވެ. މިއަދު ހެނދުނުން ފެށިގެން ކުރަމުން ދާ މި އިހުތިޖާޖު ގައި ގިނަ ބެލެނިވެރިން އަންނަނީ ޝުއޫރު ފާޅު ކުރަމުން ނެވެ. އަދި އެމީހުން ތިބީ އެކި ޝުއޫރުފާޅުކޮށްފައިވާ ލިޔުންތައް ވެސް ހިފައިގެން ނެވެ. އަރަބިއްޔާގެ ބެލެނިވެރިން […]

ވެލިދޫ މަގުހެދުމަށް ބޭނުންވާ ޕޭވިން ބުލޮކްސްގެ ފުރަތަމަ ސިޕްމަންޓް ގެންގޮސްފި
Raajje

ވެލިދޫ މަގުހެދުމަށް ބޭނުންވާ ޕޭވިން ބުލޮކްސްގެ ފުރަތަމަ ސިޕްމަންޓް ގެންގޮސްފި

ނ. ވެލިދޫ މަގުހެދުމަށް ބޭނުންވާ ޕޭވިން ބުލޮކްސްގެ ފުރަތަމަ ސިޕްމަންޓް ގެންދެވިފައި ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވިދާޅުވެއްޖެ އެވެ. އެ ކުންފުނިން ވިދާޅުވީ މި މަޝްރޫއުގައި މިހާރު ކުރިޔަށް ދަނީ ބޮޑު މަގުގައި ކާބުސްޓޯން ޖެހުން ކަމަށެވެ. މީގެ އިތުރުން އޯޝަން މަގު، ސޯސަން މަގު، ޗާންދަނީ މަގު އަދި ރޯޝަނީ މަގުގައި ކާބުސްޓޯން ޖެހުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ވެލިދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢު އާރްޑީސީ […]

ސަރުކާރުގެ ބޭނުމަކީ ފައިސާއެއް ދީފައި ދޫކޮށްލުމެއް ނޫން: ފަޔާ
Raajje

ސަރުކާރުގެ ބޭނުމަކީ ފައިސާއެއް ދީފައި ދޫކޮށްލުމެއް ނޫން: ފަޔާ

ސަރުކާރުގެ މައިގަނޑު ބޭނުމަކީ ފައިސާއެއް ދީފައި އެހާހިސާބުން ދޫކޮށްލުން ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރ އަލް އުސްތާޛު ފައްޔާޟު އިސްމާއީލް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޒަކާތު ނަފާ ޕްރޮގްރާމް ޓްރައި ޕާޓީ ފަހުމުނަމާގައި ސޮއިކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. މި ޕްރޮގްރާމާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން ފައްޔާޟު ވިދާޅުވީ ފައިސާ ދީފައި އޭގެ އަސްލު ބޭނުމާއި ހަމައަށް ދެވެންދެން އެކަމުގައި ސަރުކާރުން އެހީތެރިވެދޭނޭ ކަމަށެވެ. ފަގީރުކަމަކީ...

ކޮޕް-27 ގައި ނަޝީދު، ލަންކާ ތަމްސީލުކުރައްވާތީ މައުމޫންވެސް ހިތްޕުޅާ ނުވޭ!
Raajje

ކޮޕް-27 ގައި ނަޝީދު، ލަންކާ ތަމްސީލުކުރައްވާތީ މައުމޫންވެސް ހިތްޕުޅާ ނުވޭ!

ކޮޕް-27 ސަމިޓުގައި ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަށްޓެރި ސްރީލަންކާ ތަމްސީލު ކުރައްވާތީ، ކުރޫގެ ރައީސް އަލް އުސްތާޖު މައުމޫން އަބްދުލް ގައްޔޫމް ހިތްޕުޅާނުވާކަން ހާމަކުރައްވައިފި އެވެ. ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރު ކުރައްވާފައިވ ޓްވީޓަކާއި އެއްބަސްވެވަޑައިގެންނެވުމުގެ ގޮތުން މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މުނައްވަރު އެ ވިދާޅުވީ ވަރަށް ރަނގަޅު ވާހަކަފުޅެއް ކަމަށެވެ. މިސްރުގައި މިއަދު ފެށި އދ. ގެ މޫސުމާ ބެހޭ ކ...

އިދާރީ ކަންކަން ކުރުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފަސްކޮށްފި
Raajje

އިދާރީ ކަންކަން ކުރުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފަސްކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ ބާއްވާ ދުވަސް ފަސްކޮށްފި އެވެ. އެ ޕާޓީން މިކަން ހާމަކުރެއްވީ އެ ޕާޓީގެ ތަރުޖަމާނު، އަނަސް އަބްދުލް ސައްތާރު ކުރައްވާފައިވާ ޓްވީޓެއްގަ އެވެ. އެ ޓްވީޓުގައި އޭނާ ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ޕްރައިމަަރީ ބާއްވާނެ ދުވަހެއް އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހުން އިއުލާން ކުރެވޭނެ ކަމަށެވެ. 2023ge Riyaasy inthikhaabugaa vaadhakuraane MDPge candidate a...

ސަލްމާން މިސްކިތް ސަރަޙައްދަށް އުދަ އަރާތީ، ފާރެއް ރާނައިފި
Raajje

ސަލްމާން މިސްކިތް ސަރަޙައްދަށް އުދަ އަރާތީ، ފާރެއް ރާނައިފި

މާލޭގެ އިރުމަތި ފަރާތުގެ ސަލްމާން މިސްކިތް ސަރަޙައްދަށް އުދަ އަރާތީ، ފާރެއް ރާނައިފި އެވެ. މާލެ ސިޓީގެ މޭޔަރު ޑރ މުޙައްްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި މާލެ ސިޓީ ކައުންސިލުން އިމާރަތް ކުރި ފާރުގެ ފޮޓޯތަކެއް ވަނީ ހިއްސާކުރައްވާފަ އެެވެ. ކިންގް ސަލްމާން މިސްކިތް ހުންނަ ސަރަޙައްދަކީ މާލޭގައި ވަރަށް ގަދަޔަށް އުދައަރާ ސަރަޙައްދަކަށްވާއިރު، މިދުވަސްވަރު ވެސް ދަނީ އުދަ އަރަމުން ނެވެ. އަދި އުދައަރާ ކޮންމެ ފަހަރަކު މާލެ ސިޓީ ކައުންސިލުން އެސަރަހައްދު އަންނަނީ ސާފުކުރަމުން […]

"ޒަކާތު ނަފާ" ޕްރޮގްރާމް ފަށައިފި
Raajje

"ޒަކާތު ނަފާ" ޕްރޮގްރާމް ފަށައިފި

“ޒަކާތު ނަފާ” ޕްރޮގްރާމް ފަށައިފި އެވެ. މިއީ ރާއްޖެއިން ފަޤީރުކަން ނައްތާލުމުގެ ޢަމާޒުގައި އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ފެށި ޕްރޮގްރާމެކެވެ. އެފަދަ އާއިލާތައް އަމިއްލައަށް ވިޔަފާރިކޮށް، މަންފާ ހޯދޭނެ ގޮތެއް ހޯދައިދިނުމަށް ފެށި މި ޕްރޮގްރާމް ހިންގުމަށް އިސްލާމިކް މިނިސްޓްރީއާއި، އިކޮނޮމިކް ޑިވެލޮޕްމަންޓް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އިސްލާމިކް މިނިސްޓްރީގެ...

ކުޅުދުއްފުށި ސިޓީގައި ލޮރީ އަކާއި ޓެކްސީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
Thiladhunmathi News

ކުޅުދުއްފުށި ސިޓީގައި ލޮރީ އަކާއި ޓެކްސީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ލޮރީ އަކާއި ޓެކްސީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. މިއަދު ހެނދުނު 11:45 ހާއިރު މި އެކްސިޑެންޓު ހިނގާފައިވަނީ އެރަށުގެ އުތުރު ބަނދަރުގެ އެތުމާ ފިހާރަ ކައިރީގައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެއާޕޯޓު ސަރަހައްދުން ވެލި އަޅައިގެން، އަނބުރާ ސައިޓަށް ދަނިކޮށް އެމްޓީސީސީގެ ލޮރީއެއް ގައި ފަހަތުން އައި ކާރު ޖެހުމުގެ ސަބަބުން ހިނގި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތި މިހައިތަނަށް ލިބިފައެއް ނުވެއެެވެ. […]

ފުނަދޫ މެޖިސްޓްރޭޓް ކޯޓަށާއި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވައިފި
Thiladhunmathi News

ފުނަދޫ މެޖިސްޓްރޭޓް ކޯޓަށާއި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވައިފި

ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށާއި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވައިފި އެވެ. އެގޮތުން ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރައްވާފައިވަނީ މ. ވޭވަށް، ކޯނަރ، އަލްއުސްތާޛު ޔާސިރު މުޙައްމަދެވެ. ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލް ކުރައްވާފައިވާ ޔާސިރަކީ ތިން އަހަރު ޝަރުޢީ ދާއިރާގައި ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހައިތަަނަށް ހުންނެވީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގަ އެވެ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރައްވާފައިވާ ރ....

ދިޔަވަރު ބޮޑު ގަޑިތަކުގައި މެދުރާއްޖެއާއި ދެކުނުގެ ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވޭ: މެޓް
Raajje

ދިޔަވަރު ބޮޑު ގަޑިތަކުގައި މެދުރާއްޖެއާއި ދެކުނުގެ ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވޭ: މެޓް

ދިޔަވަރު ބޮޑު ގަޑިތަކުގައި މެދުރާއްޖެއާއި ދެކުނުގެ ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވެއްޖެ އެވެ. އެ އޮފީހުން ނެރުނު މޫސުމީ ބްލެޓިންގ ގައި ވިދާޅުވެފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު ހަ މޭލާއި 16 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. މިއަދުގެ އިރު އޮއްސުމާއި ހަމައަށް ނެރެފައިވާ މި ބްލެޓިންގ ގައި އިތުރަށް ވިދާޅުވީ ވިލާގަނޑުގައި […]

ލަންކާ އިން މަކުނު ވިދުރީގެ ފުރަތަމަ ކޭސް ފެނިއްޖެ
Raajje

ލަންކާ އިން މަކުނު ވިދުރީގެ ފުރަތަމަ ކޭސް ފެނިއްޖެ

އަވަށްޓެރި ސްރީލަންކާ އިން މަކުނު ވިދުރީ (މަންކީ ޕޮކްސް) ގެ ފުރަތަމަ ކޭސް ފެނިއްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. އެގައުމުގެ ހެލްތު މިނިސްޓްރީ އާ ހަވާލާދީ، އެގައުމުގެ ނޫސްތަކުން އެކަން ވަނީ ޔަގީންކޮށްދީފަ އެވެ. ގިނަ އަދަދަކަށް ދިވެހިން ވެސް ދިރިއުޅޭ ލަންކާ އިން މަކުނު ވިދުރީގެ ފުރަތަމަ ކޭސް ފެނިފައިވަނީ މި މަހުގެ އެއްވަނަ ދުވަހު، ދުބާއީ އިން ކޮލަމްބޯއަށް ދިޔަ 20 އަހަރުގެ ޒުވާނެއްގެ ގައިން ކަމަށް ރިޕޯޓުތައް ބުނެފައި ވެއެވެ. މި […]

އަމީނީ މަގު ތަރައްގީ ކުރުމުގައި މިވަގުތު ކުރިއަށްދަނީ ދުވާރުގެ ބައެއް މަސައްކަތްތައް: އާރްޑީސީ
Raajje

އަމީނީ މަގު ތަރައްގީ ކުރުމުގައި މިވަގުތު ކުރިއަށްދަނީ ދުވާރުގެ ބައެއް މަސައްކަތްތައް: އާރްޑީސީ

އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓުގެ މަސައްކަތުގައި މިވަގުތު ކުރިއަށްދަނީ ދުވާރުގެ ބައެއް މަސައްކަތްތަކާއި، މަގު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވިދާޅުވެއްޖެ އެވެ. އެ މަސައްކަތުގެ އެންމެފަހުގެ މައުލޫމާތު ހާމަކުރެއްވުމަށް އެ ކުންފުނިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމީނީމަގު ސެގްމެންޓް 1 ގައި ފެނާ ނަރުދަމާ ހޮޅި އެޅުމާއި ސްޓޯމް ވޯޓަރ ސިސްޓަމް އަދި ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައި ކަމަށެވެ. އަދި ތާރު އަޅަނ...