މާލޭގެ އިރުމަތި ފަރާތުގެ ސަލްމާން މިސްކިތް ސަރަޙައްދަށް އުދަ އަރާތީ، ފާރެއް ރާނައިފި އެވެ.
މާލެ ސިޓީގެ މޭޔަރު ޑރ މުޙައްްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި މާލެ ސިޓީ ކައުންސިލުން އިމާރަތް ކުރި ފާރުގެ ފޮޓޯތަކެއް ވަނީ ހިއްސާކުރައްވާފަ އެެވެ.
ކިންގް ސަލްމާން މިސްކިތް ހުންނަ ސަރަޙައްދަކީ މާލޭގައި ވަރަށް ގަދަޔަށް އުދައަރާ ސަރަޙައްދަކަށްވާއިރު، މިދުވަސްވަރު ވެސް ދަނީ އުދަ އަރަމުން ނެވެ. އަދި އުދައަރާ ކޮންމެ ފަހަރަކު މާލެ ސިޓީ ކައުންސިލުން އެސަރަހައްދު އަންނަނީ ސާފުކުރަމުން ނެވެ.
The protective wall recently built near KSM by @MaleCitymv to minimise the influx of seasonal tidal surge. pic.twitter.com/z9c9NUlfKA
— Dr Mohamed Muizzu (@MMuizzu) November 5, 2022
މި ފާރުގެ ސަބަބުން މާލެއަށް އުދަ އެެރުމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭއިރު، އެ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތަކަށް ލޮނުގެ އަސަރު ކުރުމަށް ވެސް ލުޔެއް ލިބިގެންދާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!