ހދ. ކުޅުދުއްފުށި ސިޓީގައި ލޮރީ އަކާއި ޓެކްސީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މިއަދު ހެނދުނު 11:45 ހާއިރު މި އެކްސިޑެންޓު ހިނގާފައިވަނީ އެރަށުގެ އުތުރު ބަނދަރުގެ އެތުމާ ފިހާރަ ކައިރީގައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

Ad
rt

އެއާޕޯޓު ސަރަހައްދުން ވެލި އަޅައިގެން، އަނބުރާ ސައިޓަށް ދަނިކޮށް އެމްޓީސީސީގެ ލޮރީއެއް ގައި ފަހަތުން އައި ކާރު ޖެހުމުގެ ސަބަބުން ހިނގި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތި މިހައިތަނަށް ލިބިފައެއް ނުވެއެެވެ.

އެރަށުގެ ބައެއް މީހުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރު ކޮންޓްރޯލުން ނެއްޓުމުން ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އަދި ފޮޓޯތަކުން ފެންނަ ގޮތުގައި، ކާރުގެ ކުރީކޮޅަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

Posted by Mujay Arshal Eshaal on Saturday, November 5, 2022