ބ. މާޅޮހު ކައުންސިލުން އިންތިޒާމު ކޮށްގެން ''ފެހި ފަހި މާޅޮސް ކައުންސިލް މަސްރޭސް 2022'' ނަމުގައި މަސްރޭހެއް ބާއްވައިފިއެވެ.

އެރަށު ކައުންސިލުން 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މުބާރާތުގައި 11 ޓީމަކުން ބައިވެރިވި ކަމަށެވެ. އަދި އެއީ 82 ބައިވެރިން ކަމަށެވެ.

Ad
rt

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ޗެމްޕިއަންކަން ހޯދީ ޓީމު ބަރަކޫޑާ އެވެ. އެޓީމަށް ވަނީ 2000 ރުފިޔާގެ އިނާމެއް ދީފަ އެވެ. އަދި އެންމެ ބަރު މަހެއް ބާނާފައިވަނީ ޓީމު އުތީމު ކެޔޮޅެވެ. މިޓީމަށް 500 ރުފިޔާގެ އިނާމެއް ވަނީ ދީފަ އެވެ.

މާޅޮހު ކައުންސިލުން ވިދާޅުވީ މިއީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއް ކަމަށެވެ.

މީގެ އިތުރުން ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ލޯބި ޖައްސައި، އެ ދާއިރާއަށް މީހުން އަހުލުވެރި ކުރުވުމަކީ ވެސް މިފަދަ މުބާރާތެއް ބޭއްވުމުގެ ބޭނުމެއް ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވި އެވެ.

މިއަހަރުގެ މަސް ރޭހަށް އެހީތެރވެދެއްވި ހުރިހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވާއިރު، ކެފޭ ޕިންކް ރޯސް އަދި ރޫފް ޓޮޕް ރެސްޓޯރެންޓަށް ހާއްސަ ޝުކުރެއް ވަނީ ދަންނަވާފަ އެވެ.