ހުޅުމާލޭ ހޮސްޕިޓަލުން ނުކުތް އެމްބިއުލާންސެއް އެކްސިޑެންޓުވެ، 4 މީހަކަށް އަނިޔާވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހުޅުމާލެ ހޮސްޕިޓަލުގެ އެމަޖެންސީ ޓްރާންސްޕޯޓް ފަޅިން ދުއްވާފައި ނިކުތް ވޭނެއްް ކޮންޓްރޯލުން ނެއްޓިގެން، ބޯގަންވީލާ މަގުގެ ޕޭމަންޓު މަތީގައި ތިބި ތިން މީހެއްގެ ގައިގާ ޖެހިގެން ކަމަށެވެ. އަދި އެ ހާދިސާގައި އަނިޔާވީ އެ ހޮސްޕިޓަލް ކައިރީ ތިބި ތިން އަންހެނަކަށް ކަމަށެވެ.
މީގެ އިތުރުން އެ ތިން މީހުންގެ ގައިގާ ޖެހުމަށްފަހު، އެ ސަރަހައްދުގައި ހުރި 168 ވަނަ ފްލެޓުގެ އިރުމަތީފަރާތު ފާރު ކަނުގައި އެ ވޭން ޖެހިފައި ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި އެކްސިޑެންޓުގައި ވޭން ދުއްވަން އިނީ ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަށް އަށް ވެސް އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި އެ ހަތަރު މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ވެސް ވިދާޅުވި އެވެ.
މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން އިތުރަށް ވިދާޅުވީ އެކްސިޑެންޓް ވި ވޭން ދުއްވާފައި ވަނީ އެއްގަމު އުޅަނދު ދުއްވުމުގެ އެ ކެޓަގަރީގެ ލައިސަންސް އޮތް މީހެއް ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.
އެކްސިޑެންޓަގއި އަނިޔާވި މީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ސާފުވާގޮތް ނުވިނަމަވެސް ވޭންގެ ކުރީ ކޮޅަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!