މާލެ ސިޓީ އިން ކުޅުދުއްފުށި ސިޓީ އަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަށް އަރައި ދިޔަވެއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ދިޔަވެ އަޑިއަށް ގޮސްފައިވަނީ ކައްކާ ގޭހާއި ހިލަވެލި ހިފައިގެން ދަތުރުކުރި "އައިޝަމް" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްކަމަށެވެ.

Ad
rt

"ހައިޝަމް" ދޯނި ދިޔަވެ އަޑިއަށް ގޮސްފައިވަނީ ށ. ބޮޑުޅައިމަންދޫ ކައިރިއަށެވެ. އެމްއެންޑީއެފްއަށް މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ، މިއަދު 11:13 ހާއިރު އެވެ. އެއާއިއެކު ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗާއި ށ.ފޮނަދޫގައި އޮންނަ ސީ އެމްބިއުލާންސް ވަނީ އެ ސަރަހަށްދަށް ގޮސްފައެވެ.

މި ދޯނި މިހާރުވަނީ ނ. އަތޮޅުގެ ފަރަކަށް އަރުވާލާފަ އެވެ. މިއީ 70 ފޫޓުގެ ދޯންޏެއް ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވި އެވެ.

މި ހާދިސާ ހިނގިއިރު، ދޯނީގައި ތިބީ ހަތަރު ދިވެހިން ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް މަޢުލޫމާތުލިބެ އެވެ.