1 ވަނަ ޖޫނިއަރ ޗެމްޕިއަންޝިޕް އަންނައަހަރުގެ ފެބްރުއަރީ މަހު ބާއްވަން ނިންމައި، ބައިވެރުވުމަށް ހުޅުވާލައިފި އެވެ.
މޯލްޑިވްސް ބާސްކެޓްބޯލް އެ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ 2023 ވަނަ އަހރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ކަމަށެވެ.
ބާސްކެޓްބޯލް އެ އެސޯސިއޭޝަނުން ވިދާޅުވީ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލް/މަދަރުސާތަކުން 10 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ބައިވެރިވާ އުމުރުފުރާ އާއި މި މުބާރާތާއި ގުޅިގެން އެ އެސޯސިއޭޝަނުން އެ ސްކޫލަކާއެކު މުއާމަލާތް ކުރާނެ އިސް ފަރާތެއްގެ ނަމާއި ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް އެނގޭނޭގޮތަށް ލިޔުމަކުން އެ އެސޯސިއޭޝަނަށް އެންގުމަށް އެދޭ ކަމަށެވެ.
އެގޮތުން ސްކޫލްތަކުން ބައިވެރިވާކަމުގެ ލިޔުން އީމެއިލްކޮށް ކުރާނީ info@mba.org.mv އަށް ކަމަށް ވެސް ވިދާޅުވި އެވެ.
މި މުބާރާތުގައި ބައިވެރިކުރާ އުމުރުފުރާތަކަކީ 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ. މިއިން ކޮންމެ އުމުރުފުރާއެއް ގައި ވެސް އަންހެން އަދި ފިރިހެން ޓީމުތައް ބައިވެރިކުރެވޭނެ އެވެ.
ބާސްކެޓްބޯލް އެސޯސިއޭޝަނުން ވިދާޅުވީ އުމުރުފުރާ ބަލާނީ، މިއަހަރު ބާއްވާ މުބާރާތުގައި ބައިވެރިކުރާ އުމުރުފުރާ 2023 ވަނަ އަހަރުގެ އެއްވެސް ތާރީހެއްގައި ނުފުރޭ ކުދިން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!