ކ. އަތޮޅުން ފެށިން ގއ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 2 ޖެހުމާއި ހަމައަށެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުމުން އިރުވައި މޫސުމަށް ބަދަލުވާ ދުވަސްވަރުކަމަށްވުމާ ގުޅިގެން ރާއްޖޭގެ ގިނަ ހިސާބުތަކަށް ވިއްސާރަ ކުރަމުންދާއިރު، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ވެސް ލަފާ ކުރައްވަ އެވެ.
މީގެ އިތުރުން، އުތުރުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރުކޮށްފާނެ ކަމަށާއި ރާއްޖޭގެ ކަނޑުތައް ދެކުނުގެ އަތޮޅުތަކަށް ގަދަވާނެކަމަށް ވެސް މެޓް އޮފީހުން ވިދާޅުވެ އެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ވެސް ލަފާކުރައްވާފައި ވެއެވެ.
މި ދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރުކަމަށްވާތީ، އެއްރަށުން އަނެއްރަށަށް ކަނޑު ދަތުރުފަތުރު ކުރުން ގިނަކަން ފާހަގަކުރައްވާ މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ވެސް އިލްތިމާސް ކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!