މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަން، ހއ. ހޯރަފުއްޓަށާއި، އިހަވަންދޫ އަށް ވަޑައިގެންފި އެވެ.

މި ދަތުރުފުޅާއި ބެހޭ ގޮތުން "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑައިރެކްޓަރ އޮފް ކޮމިއުނިކޭޝަން ނަސްރުﷲ ހުސައިން ވިދާޅުވީ ވަޒީރުގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

Ad
rt

މި ދަތުރުފުޅުގައި ހޯރަފުށީގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖާއި ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށާއި އެގޮތުން ކޯލްޑް ސްޓޯރޭޖު އެޅުމަށް ބިން ކަނޑައެޅުމަށް ކައުންސިލާ އެކު މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވަޒީރުގެ މިދަތުރުގައި ވަޒީރު ހޯރަފުއްޓަށް ވަޑައިގަތީ އިއްޔެއެވެ. އެއަށްފަހު މިއަދު ވަނީ އިހަވަންދޫ އަށް ވަޑައިގެންފައެވެ.

ވަޒީރުގެ މި ދަތުރުގައި ހޮނިހިރު ދުވަހު ހެނދުނު އިހަވަންދޫ ކައުންސިލާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ނަސްރު ވިދާޅުވި އެވެ.

އިހަންދޫ މަސްވެރިންގެ ގުޅުން، އިމަގުން މިރޭ ބާއްވާ މަސްވެރިންގެ އެވޯޑު ދިނުމުގެ ހަފްލާ ވެސް ވަޒީރުގެ މިދަތުރުގައި ޝަރަފްވެރިކޮށް ދެއްވާނެއެވެ.

ވަޒީރުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު މެންދުރުގެ ވަގުތެއްގަ އެވެ.