ހދ. ނޮޅިވަރަމްގައި ނިޔާވެފައި އޮއްވާ ފެނުނު އެރަށު ނިޝާމާ މުހައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސްފި އެވެ.

އުމުރުން 28 އަހަރުގެ ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދާފައިވަނީ އިންޑިއާ އިން ނެވެ. އަދި ޕޯސްޓްމޯޓަމްއަށް ފަހު، އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިއަދު އެވެ.

Ad
rt

ނިޝާމާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ މަޣުރިބު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

ނޮޅިވަރަމް، ހިތައްގިނިވާގޭ، ނިޝާމާ، އޭނާ ދިރިއުޅޭ ކޮޓަރީގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިފައި ވަނީ މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

އޭނާގެ މަރުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ވަނީ ކޯޓު އަމުރެއްގެ ދަށުން ހަމަ އެދުވަހު ހައްޔަރުކޮށްފައެވެ. އަދި އޭނާ ހައްޔަރުގައި ހުއްޓާ ވަނީ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ ތެރޭގައި ލިބުނު އަނިޔާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ޑިސެމްބަރު 19 ވަނަ ދުވަހުގެ 08:28 ހާއިރު ވަނީ ނިޔާވެފައެވެ.

ފައިސަލް ނިޔާވުމުން އޭނާގެ ހަށިގަނޑު މިމަހުގެ 20 ވަނަ ދުވަހު މާލެ ގެނެސް އާއިލާއާއި ހަވާލު ކުރުމުން، އެރޭ އޭނާގެ ޖަނާޒާ ވަނީ ބާއްވާފައެވެ. ފައިސަލްގެ ހަށިގަނޑު ވަޅުލާފައި ވަނީ އާސަހަރާގައެވެ.