ގުރުއާނުގައި އަންގަވާފައިވާ ގޮތަށް އުޅޭބަޔަކަށްވުމަށް މަސައްކަތް ކުރެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އިލްތިމާސްކުރައްވައިފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކީރިތި ގުރުއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނެވެ.

Ad
rt

އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެންނަކީ އަބަދުވެސް ގުރުއާނަށް ލޯބިކުރާ، އަދި ގުރުއާން ގިނަގިނައިން ކިޔަވާ، އޭގެ މާނަ އޮޅުންފިލުވާ ބައެއް ކަމަށެވެ.

ނައިބު ދެއްކެވި ވާހަކަފުޅުގައި ގުރުއާނުގެ އިލްމާއި އިސްލާމީ ތައުލީމް ފެތުރުއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި ވަރަށް ޅައުމުރުގައި ކުޑަކުދިން ކީރިތި ގުރުއާން ހިތުދަސްކުރަމުންދާކަމާއި، ބައިނަލްއަގުވާމީ ޤުރުއާން މުބާރާތްތަކުންވެސް ފަހުރުވެރި ކާމިޔާބީތައް ހޯދަމުންދާކަން ފާހަގަ ކުރެއްވި އެވެ. އަދި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒަށާއި، ކިޔަވައިދެއްވާ އެދުރުންނަށާއި، ބެލެނިވެރިންނަށް ޝުކުރު އަދާކުރެއްވި އެވެ.

ތިން ބަޔަކަށް ކުރިޔަށްގެންދާ، ގުރުއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތުގައި މިއަހަރު 1023 ބައިވެރިން ކިޔަވާނެ އެވެ.

މިމުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، "މަޚުރަޖާނުލް ޤުރުއާން" އިފްތިތާހްކޮށްދެއްވާފަ އެވެ. މިހަރަކާތް ކުރިޔަށްދަނީ، ކިންގް ސަލްމާން މިސްކިތުގެ ގޯތި ތެރޭގަ އެވެ.