މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތާއި ރޯދަ ހަދިޔާގެ ގޮތުގައި 5،000ރ. ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އެމްއޭސީއެލް އިން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ މި އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާގެ ގޮތުގައި ކޮންމެ މުސްލިމް މުވައްޒަފަކަށް 3،000ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ފައިސާ މާދަމާ އެކައުންޓަށް ޖަމާ ކުރެވޭނެ ކަމަށެވެ.

Ad
rt

ހަމައެއާ އެކީގައި ކުންފުނިން ކުރަން ޖެހޭ މަސައްކަތުގެ ބާވަތުން ރަަމަޟާން މަހާ ގުޅުވައިގެން ހަދިޔާއެއްގެ ގޮތުގައި 2,000ރ. ކޮންމެ މުސްލިމް މުވައްޒަފެއްގެ ބޭންކު އެކައުންޓަށް ޖަމާކުރެވޭނެ ކަމަށްވެސް ސާކިއުލާގައިވެއެވެ.

އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް 5،000ރ. ދިނުމުގެ އިތުރުން އެހެން ބައެއް ހަދިޔާތައް ވެސް މުވައްޒަފުންނަށް ދިނުމަށް ވަނީ ނިންމައިފައެވެ. އެގޮތުން މަސް ދަޅު ކޭހަކާއި 650ރ. ގެ ގިފްޓް ވައުޗާއެއް ދިނުމަށް ވަނީ ނިންމައިފައެވެ. އަދި ރޯދަ މަހު ވަޒީފާ އަށް ކޮންމެ މުވައްޒަފަކަށް ދުވަހުގެ މުސާރައިގެ ގޮތުގައި 200ރ. ދިނުމަށް ވެސް އެމްއޭސީއެލް އިން ވަނީ ނިންމައިފައެވެ.