މިއަދު، ނޮވެންބަރު 17، 2018 އަކީ މި ސަރުކާރު ވެރިކަމާއި ހަވާލުވިތާ 3 އަހަރާއި އަރާ ހަމަކުރާ ދުވަހެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމާއި، އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުވެ ވަޑައިގަތްއިރު ގައުމު އޮތް ހާލަތުން އަރައިގެންނެވުމަށްޓަކައި އެމަނިކުފާނު ފެއްޓެވި ދަތުރުގައި 2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ލައިގަތީ މުޅިދުނިޔެ އިނދަޖައްސާލި ކޯވިޑްގެ އާލަމީ ވަބާއެވެ.
އެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުގެ ހަރުދަނާ ސިޔާސަތުތައް އެކަށައެޅުއްވުމުގައި، އަދި އެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސަރުކާރުން ވަނީ ކާމިޔާބު ހޯދާފައެވެ. އެބަލިމަޑުކަމާއެކު ވެސް މި ސަރުކާރުން ކާމިޔާބު 3 އަހަރު ކަޑަތުކޮށްފައެވެ.
ތިން އަހަރުގެ ތެރެއިން އުތުރުގެ މައި ހޮސްޕިޓަލް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ނަޒަރެއް
ކުޅުދުއްފުށީ ސިޓީގައި ޤާއިމުކޮށްފައި ހުންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އަކީ އުތުރުގެ މައި ހޮސްޕިޓަލެވެ. މާލޭގެ ހޮސްޕިޓަލްތައް ފިޔަވާ އެންމެ ގިނަ މީހުން ޚިދުމަތް ހޯދާ ހޮސްޕިޓަލެވެ. ހއ. ހދ. އަދި ށ އަތޮޅުގެ އިތުރުން އެހެން އަތޮޅުތަކުގެ ރައްޔިތުންވެސް ސިއްހީ ޚިދުމަތް ހޯދަން އެ ހޮސްޕިޓަލަށް ދެއެވެ. ކޯވިޑްގެ ބަލިމަޑުކަމުގައި ވެރިރަށް މާލެ ބަންދުވުމުން، އެކި އަތޮޅުތަކުން ޅ، ނ، އއ، އދ. ފަދަ އަތޮޅުތަކުން ވެސް ދަތުރު ހަދައިގެން ގޮސް ރައްޔިތުން އެ ހޮސްޕިޓަލުން ޚިދުމަތް ހޯދިއެވެ. ހަމައެކަނި ފާއިތުވި 2020 ވަނަ އަހަރަށް ބަލައިލާއިރު ވެސް އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންގެ އަދަދު ވަޒަންކޮށްލެވެއެވެ. އެ އަހަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ރާއްޖޭގެ 184 ރަށަކަށް ނިސްބަތްވާ 101,362 މީހުން ހިދުމަތް ހޯދާފައި ވެއެވެ.
ކޭއާރުއެޗް އިން 3 މަސް ތެރޭގައި 500 އަށް ވުރެ ގިނަ އެމްއާރުއައި ހަދައިފި
ކޯވިޑްގެ ހާލަތުގައި ވެސް ނަމޫނާ މަސައްކަތްތަކެއް
އުތުރުން އެންމެ ގިނަ ކޯވިޑް ސާމްޕަލް ޓެސްޓް ކުރަނީ ވެސް ކޭއާރުއެޗްގަ އެވެ. ތިލަދުންމަތީގެ ރަށްތަކުގެ އިތުރުން މާލެއިން އުތުރުގެ ގިނަ ރަށްތަކެއްގެ ސާމްޕަލްތައް ވެސް އެ ހޮސްޕިޓަލަށް ގެނެއެވެ. ހޯމް ކަރަންޓީނު ރިލީޒް ސާމްޕަލްތަކުގެ ނަތީޖާ ވެސް ލަސްކަމެއް، މަޑުޖެހުމެއްނެތި ފުރަތަމަ ދުވަހެކޭ އެއްބީދައިން މިހާރު ވެސް ދަނީ ފޯރުކޮށް ދެމުންނެވެ. އުތުރުގެ އެކިއެކި ރަށްރަށުގައި ބަލި ފެތުރިފަވުމުން ރެންޑަމް ސާމްޕަލްތަކާއި، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނަގާ އެތައް ސާމްޕަލެއް އެ ހޮސްޕިޓަލްގެ ލެބޯޓަރީއަށް ގެންދެއެވެ. މިގޮތުން 5 ޖުލައި 2020 އިން ފެށިގެން މިހާތަނަށް ކޭއާރުއެޗުގެ ޕީސީއާރު ލެބުން 60,000 އަށް ވުރެ ގިނަ ސާމްޕަލްތައް ޓެސްޓް ކޮށްފައިވެއެވެ. މިގޭ ތެރޭގައި ޅަވިޔަނި އަތޮޅުގެ ބައެއް ރަށްރަށުން ވެސް ވަނީ ސާމްޕަލް ފޮނުވާފައެވެ.
ކޭއާރުއެޗްގައި އަނެއްކާވެސް ކާމިޔާބު ބޮޑު އޮޕަރޭޝަނެއް، 2.4 ކިލޯ ސިސްޓެއްނަގައި ތާރީޚުގެ ތެރެއަށް!
މީގެއިތުރުން ކޯވިޑްގެ ސަބަބުން ކުޅުދުއްފުށީ ސިޓީ ބަންދުކުރި ފަހަރު ތަކުގައި ވެސް އެހެންރަށްތަކުގެ ރައްޔިތުންނަށް ޚިދުމަތް ހޯދޭނޭ ފަސޭހަ އިންތިޒާމެއް އެ ހޮސްޕިޓަލުން ހަމަޖައްސައިދިނެވެ. ޓެލެކޮންސަލްޓޭޝަންގެ ޚިދުމަތާއި ވައިބަރ ބޭސް ސިޓީގެ ޚިދުމަތް ފަދަ ޚިދުމަތްތައް ތަޢާރަފު ކުރިއެވެ. އަދި މުޅި ދިވެހިރާއްޖެއަށް ބަލާލި ކަމުގައި ވިޔަސް ބޮޑެތި އާބާދީތަކުގެ ތެރެއިން އެންމެ ރަގަޅަށް ކޯވިޑް މެނޭޖު ކުރި ރަށަކީ ކުޅުދުއްފުށި ސިޓީކަން ފާހަގަ ކޮށްލެވެއެވެ.
ހޮސްޕިޓަލްގެ ތާރީޚްގައި ވެސް އެންމެ ކާމިޔާބު 3 އަހަރު
މި ސަރުކާރު ދުށް 3 އަހަރު ތެރޭ އެންމެ ބޮޑު ކުރިއެރުމެއް ގެނުވި ހޮސްޕިޓަލަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ވަނީ ވެގެން ގޮސްފައެވެ. އެއީ އެ ހޮސްޕިޓަލްގެ ތާރީޚްގައި ވެސް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ. މިއަދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ރައްޔިތުން ޖީބުން ބޭސްފަރުވާއަށް ކުރަމުން ދިޔަ ހޭދަ އެތައް ގުނައެއް ކުޑަކޮށްދިން ފަސޭހަތައް ގެނުވައިދީފައިވާ ހޮސްޕިޓަލެކެވެ. ޚާއްޞަ ދާއިރާތަކުން ޑަކްޓަރުން ހަމަކޮށް، ބޮޑެތި ސާޖަރީތަކުން ކުދި ސާޖަރީތަކާހަމައަށް އިތުބާރާއެކު އެ ހޮސްޕިޓަލުން އަންނަނީ ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުންނެވެ.
ކުޅުއްދުފުށި ރީޖަނަލް ހޮސްޕިޓަލުން އަނެއްކާވެސް ބޮޑު އޮޕަރޭޝަނެއް ކޮށްފި
ވޭތުވި 3 އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލްގައި އަލަށް ތަޢާރަފްކުރި ޚިދުމަތްތައް
- ފިޒިއޯތެރަޕީގެ ޚިދުމަތް ފުޅާކުރުން
- މޭޖަރ ސަރޖަރީތައް ހެދުމުގެ ޤާބިލްކަން
- އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާ
- އެމް.އާރް.އައި.ގެ ޚިދުމަތް
- ސީޓީ ސްކޭނިންގެ ޚިދުމަތް
- ލެބޯޓްރީ އަޕްގްރޭޑް ކުރުން
- ކާޑިއެކް ޚިދުމަތް
- ޕީ.ސީ.އާރް. ލެބް
- ސްޕީޗްތެރަޕީގެ ޚިދުމަތް
- އޮކްސިޖަން ޕްލާންޓް
- ސެންޓްރަލް ސްޓެރައިލް ސަރވިސަސް ޑިޕާޓްމަންޓްގެ ޚިދުމަތް
- ނިއުރޯ ޑައިގްނޯސްޓިކް ސާވިސް
- ޑެންޓަލް އޯޕީޖީގެ ޚިދުމަތް
- މޯބައިލް ލެބޯޓްރީގެ ޚިދުމަތް
- މެމޯގުރާމްގެ ހެދުން
"މި ހިނގާދިޔަ 3 އަހަރަކީ މާތް ﷲގެ ހެޔޮ ރަހްމަތްފުޅުން ވަރަށް ވެސް ކާމިޔާބު ތިން އަހަރު. މި ހޮސްޕިޓަލުގެ ޚިދުމަތްތައް ވަރަށް ދަށަށް ގޮސްފައި ވަނިކޮށް މި ތިން އަހަރުގެ ތެރޭގައި އިޤްތިސާދީގޮތުން ހުރި ގޮންޖެހުންތަކާއެކު ވެސް ވަނީ ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައި. ވަސީލަތްތަކުގެ ގޮތުން ބެލިޔަސް، ޚިދުމަތްތަކަށް ބެލިޔަސް، މުވައްޒަފުންގެ އަދަދަށް ބެލިޔަސް، ހިންގުނު ޕްރޮޖެކްޓްތަކަށް ބެލިޔަސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިގެން ގޮސްފައި. އަދި ކުރިއަށް ރޭވިފައި ހުރި ޕްރޮޖެކްޓްތަކުގެ އިތުރަށް، އަލަށް ޤާއިމު ކުރެވޭ އާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލާއެކު މި ސަރަހައްދާއި މުޅި ރާއްޖޭގެ ސިއްހީ ނިޒާމަށް އިންޤިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށް ޤަބޫލު ކުރެވޭ" - ޑެޕިއުޓީ ސީއީއޯ، އަހްމަދު ދާއޫދު
މާދަމާއިން ފެށިގެން ކޭއާރުއެޗްގައި މެމޯގުރަފީގެ ހިދުމަތް ފަށަނީ
މި ހޮސްޕިތަލުން ދެވޭ ޑައިލަސިސްގެ ޚިދުމަތް ވެސް މެދުނުކެނޑި ފޯރުކޮށްދީފައިވާއިރު، މީގެއިތުރުން 2020 ވަނަ އަހަރުގެ ޖުލައި މެމޯގުރަފީގެ ހިދުމަތް ތައާރަފްކޮށް، މިއަހަރުގެ ޖުލައިމަހު ނާރުގެ ބަލިތަށް ދެނެގަތުމަށް ހެދޭ ތަހުލީލުތަކާއި ޓެސްޓު، ނިއުރޯޑައިގްނޮސްޓިކްގެ ޚިދުމަތް ތަޢާރަފްކޮށް، އިސްވެ ދެންނެވުނު ޚިދުމަތްތަކާއެކު، އެކިބަލިތަކަށް ޚާއްޞަ ޑަކްޓަރުން ހަމަކޮށް، އެ ހޮސްޕިޓަލުން އަންނަނީ ތަފާތު ދައްކަމުންނެވެ. އަދި 15 އަހަރަށްފަހު އިންކިއުބޭޓަރެއް ލިބިފައިވަނީ ވެސް މި 3 އަހަރުގެ ތެރެއިން 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
15 އަހަރަށް ފަހުގައި ކޭއާރުއެޗް އަށް އިންކިއުބޭޓަރެއް ލިބިއްޖެ
މީގެ އިތުރުން ވެސް ތަފާތު ގިނަ ޕްރްޖެކްޓްތަކެއް އެ ހޮސްޕިޓަލްގެ ތަރައްގީއަށް ހިންގާފައި ވެއެވެ. އެގޮތުން އާ ލޭބަރ ރޫމެއް ހެދުމާއި، ދެ ވާޑެއްގައި ފްރެޝް އެއާ ސިސްޓަމް ބެހެއްޓުމާއި، ދެ ވާޑެއްގައި ބެޑް ސައިޑް ކާޓަންސް ޖެހުމާއި، ރިސަސިޓޭޝަން ރޫމެއް ޤާއިމު ކުރުމާއި، މޯބައިލް ކިއު ސިސްޓަމް ފެށުން ފާހަގަ ކޮށްލެވެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ނިއުރޯޑައިގްނޮސްޓިކްގެ ޚިދުމަތް ތަޢާރަފް ކޮށްފި
ހިނގަމުން ދާ ބައެއް ޕްރޮޖެކްޓްތަކަށް ބަލާއިރު ޖާގައިގެ ދަތިކަން ހައްލު ކުރުމަށްޓަކައި 30 އެނދުގެ ވާޑުގެ އިމާރާތެއް 6 އެނދުގެ ފުލްފުލެޖް އައިސީޔޫއެއް ހިމެނޭ ގޮތަށް ޤާއިމު ކުރެވެމުން ދިއުމާއި، ބެކަޕް ޖެނެރޭޓަރު ބެހެއްޓުމާއި، ލޯންޑްރީ ބޮޑު ކުރުމާއި، އާ ލެބޯޓްރީއެއް ހެދުން ހިމެނެއެވެ. އަދި ކުރިއަށް ރޭވިފައި ހުރި ބައެއް މުހިންމު ޕްރޮޖެކްޓްތަކަށް ބަލާއިރު 23 ރޫމުގެ ކޮންސަލްޓޭޝަން ރޫމް ބްލޮކެއް ހެދުމާއި، ކޯލް ސެންޓަރު ހެދުމާއި، އީއާރު ހެދުމާއި، ޕްރައިވެޓް ރޫމް ބްލޮކެއްގެ އެޅުން ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!