ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ނިއުރޯޑައިގްނޮސްޓިކްގެ ޚިދުމަތް ތަޢާރަފް ކޮށްފި

Neurodiagnostic Services at Kulhudhuffushi Regional Hospital

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރްއެޗް) ގައި ނިއުރޯޑައިގްނޮސްޓިކްގެ ޚިދުމަތް ތަޢާރަފް ކޮށްފިއެވެ.

ނިއުރޯޑައިގްނޮސްޓިކް ގެ ޚިދުމަތަކީ ނާރުގެ ބަލިތަށް ދެނެގަތުމަށް ހެދޭ ތަހުލީލުތަކާއި ޓެސްޓުތަކެވެ. މިއީ މީގެ ކުރިން ކޭއާރްއެޗް އިން ދެމުން ގެންދިޔާ ޚިދުމަތެއްނޫނެވެ.

އެ ހޮސްޕިޓަލުން މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މި ޚިދުމަތް ތައާރަފު ކުރެވުމުން ނާރުގެ ވަރަށް ގިނަ ޓެސްޓުތައް ހެދޭނެކަމަށްށެވެ.

އެގޮތުން ހެދޭ ބައެއް ޓެސްޓު ތަކުގެ ތެރޭގައި، ޑިޖިޓަލް އިލެކްޓްރޯއެންސެފާލޯގްރާފީ (އީއީޖީ) ޓެސްޓު ހެދުމާއި، ނާވް ކޮންޑަކްޝަން ސްޓަޑީޒް، ރިފްލެކްސް ސްޓަޑީޒް، ރިޕެޓިޓިވް ނާވް ސްޓިމިއުލޭޝަން (އާރްއެންއެސް) އަދި ސިމްޕަތެޓިކް ސްކިން ރެސްޕޮންސް ހިމެނޭ ކަމަށް އެ ޓްވީޓުގައި ބުނެފައިވެއެވެ.

މީގެތެރެއިން، ކޭއާރްއެޗް އިން އާންމުކުރި ވީޑިއޯއެއްގައި ވަނީ މި ޚިދުމަތް ދެމުންދާާ ކުރު މަންޒަރެއްވެސް ދައްކާލާފައެވެ. އެ ވީޑިއޯގައި އެ ހޮސްޕިޓަލުގެ ނިއުރޯ ޓެކްނީޝަނެއް މައުލޫމާތުދިން ގޮތުގައި އީއީޖީ ޓެސްޓު މެދުވެރިކޮށް ސިކުނޑީގެ ނާރުތަކުގެ އިލެކްޓްރިކަލް ހަރަކާތްތަށް ހުންނަ މިންވަރު ބެލޭނެއެވެ.

މި ޓެސްޓުތައް ހުރިހާ އުމުރެއްގެ މީހުންނަށް ހެދޭނެކަމަށާއި އަދި މީގެން އެއްވެސް ކަހަލަ ނުރަށްކަލެއް ނާންނާނެކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި ނާވް އަދި ރިފްލެކްސް ސްޓަޑީޒް މެދުވެރިކޮށް ހިއްސުތަށް ދެންގަތުމަށް ސިކުނޑިއާއި ގުޅިފައިވާ ނާރުތަކުގައި ހުރި އާދަޔާއި ޚިލާފު ކަންކަން ދެނެގަނެވޭނެކަމަށްވެސް މައުލޫމާތު ދެއްވި އެވެ.

https://thiladhun.wonstasite.com/65663

ފަހަކަށް އައިސް އެހޮސްޕިޓަލުން އަންނަނީ އެކި އެކި ކުރިއެރުންތައް ހޯދަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި