ކޮންމެ އަހަރެއްގެ ފަހުކޮޅު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ކުރިއަށްގެންދާ “ކަށަވަރު ޕްރޮމޯ” ކެމްޕޭން މިއަހަރުވެސް ލޯންޗުކޮށްފިއެވެ.

އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮމޯޝަން ލޯންޗުކޮށްދިނީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާއެވެ. ކޯވިޑު-19އާ ގުޅިގެން އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ފެށި މި ކެމްޕޭން މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

Ad
rt

މި ކެމްޕޭނުގެ ދަށުން ކަށަވަރު ޝޯރޫމުގެ ގިނަ ޕްރޮޑަކްޓުތަކުން ޑިސްކައުންޓް ލިބޭނެއެވެ. އެގޮތުން، ޔަންމާ އަދި ސުޒުކީ އިންޖީނުގެ ސްޕެއާ ޕާޓްސް އާއި ފައިބަ ސާމާނާއި އިންޑަސްޓްރިއަލް ގޭހާއި، މާރޯ ހުންގާނު ސިސްޓަމާއި ޔަންމާ އަދި ދުޒުކީ އަޑީ ތެލާއޮ މެރިން ލައިޓްސް ހިމެނެއެވެ.

މީގެ އިތުރުން މި ކެމްޕޭނުގެ ދަށުން ކަށަވަރު ޝޯރޫމުން ކުރާ 5،000ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. މި ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 89،000ރ. ގެ ސުޒުކީ، 25 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެއެވެ.

މި ކެމްޕޭނުގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، މާލޭ ބަނދަރު މަތީގައި އަޅާފައިވާ އޮޑިފަހަރަށް ޒިޔާރަތް ކުރުމާއި ކ. ތިލަފުއްޓާއި ކ. ގުޅި ސްލިޕްވޭ އާއި ކ. ހިންމަފުށްޓާއި ދިއްފުށީގެ ބޯޓު ޔާޑާއި ޑޮކް ޔާޑުތަކަށް ޒިޔާރަތް ކުރާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ކަށަވަރު ޕްރޮމޯ ޓާގެޓު ކުރަނީ އޮޑިވެރިންނަށާއި، އިންޖީނިއަރުންނަށާއި، މަސްވެރިންނާއި، ޓޫރިޒަމް އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ކަމަށެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ޕްރޮމޯޝަންތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.