މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ކުޅުދުފުށި ރީޖަނަލް ހޮސްޕިޓަލްގެ ކާޑިއެކް ހިދުމަތާއި ސީ.ޓީ.ސްކޭންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

މިރޭ ރަސްމީކޮށް ޚިދުމަތް ދޭންފެށުނު ކާޑިއެކް ސެންޓަރުން ހުރިހާ ނަން-އިންވޭސިވް ކާޑިއެކް ޓެސްޓްތައް (އެކޯ ކާޑިއޯގްރާމް، ތްރެޑްމިލް ޓެސްޓިން އަދި ހޯލްޑަރ މޮނީޓަރިން) ހެދިގެންދާނެކަމަށް ހެލްތު މިނިސްޓްރީއިން މަޢުލޫމާތު ދެއްވައެވެ.

Ad
rt

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ

މިއަދު ރަސްމީކޮށް ހުޅުވިގެންދިޔަ ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރުން 64،000 މީހުނަށް މިޚިދުމަތް ލިބިގެން ދާނެ. އަދި މި ޚިދުމަތްތަކުގެ ސަބަބުން ރެފަރަލް ތަކަށް ކުރެވޭ ޚަރަދު ވަރަށް ބޮޑުތަން ދަށްވެގެންދާނެ

އަމީން ވިދާޅުވިއެވެ.

ކުޅުދުފުށި ރީޖަނަލް ހޮސްޕިޓަލަކީ ހދ. އަތޮޅުގެ އިތުރުން ހއ. އާއި ށ. އަތޮޅުގެ ރައްޔިތުންވެސް އެންމެ ބޮޑަށް ބަރޯސާވެފައިވާ އެއް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުގައި މިވަގުތު 28 ޑޮކްޓަރުން މަސައްކަތް ކުރަމުން އަންނައިރު 78 ނަރުހުން އަދި 16 އެހެނިހެން މެޑިކަލް ޕްރެކްޓިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އަބްދުﷲ އަމީން ހދ. ކުޅުދުއްފުށްޓަަަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައިވަނީ ހދ. އަތޮޅު ސިއްހީ މަރުކަޒުތަކުގެ ވެރިންނާއި ބައްދަލުކުރައްވާ ދިމާވާ ދަތިތަަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.